ads
ހދ.ނެއްލައިދޫ
ނެއްލައިދޫ ރައްޔިތުންގެ ޝަކުވާ: ޖާގަ ދަތި
ހދ.ނެއްލައިދޫ އަކީ ބިން ކުޑަ ރަށެކެވެ. އާބާދީގައި 1377 މީހުން އުޅެމުން ގެންދާއިރު، ގިނަ ބަޔަކު ދިރިއުޅުމަށް ބޭނުންވާ ޖާގައިގެ ދަތިކަމަކީ އެރަށުގެ ރައްޔިތުންގެ ޝަކުވާއެކެވެ.

ސީއެންއެމްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް ވިދާޅުވީ، އެރަށުގައި ދިރިއުޅޭ ރައްޔިތުންނާއި އަޅައި ބަލާއިރު، ރަށުގައި ޖާގަ ނެތުމަކީ ނެއްލައިދޫ ގިނަ ރައްޔިތުންގެ ޝަކުވާއެއްކަމަށެވެ.

ނެއްލައިދޫއަށް ނިސްބަތްވާ ގިނަ ރައްޔިތުންނަކީ މާލެއާއި އެހެނިހެން އަތޮޅުތަކުގައި ދިރިއުޅޭބައެއް ނޫންކަމަށާއި، ގިނަ ރައްޔިތުން ރަށުގައި ދިރިއުޅޭއިރު، އެމީހުނަށް އެކަށީގެންވާވަރަށް ބިމުގެ ޖާގަ ނުލިބޭކަމަށް އަލީފް ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން، ވިއްސާރަ ވެހޭ މޫސުމުގައި ރަށުގައި ފެންބޮޑުވުމުގެ މައްސަލަތައްވެސް އިންތިހާއަށް ބޮޑުވެފައިވާކަމަށް އަލީފް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ސަރުކާރުން އެރަށުގައި އިމާރާތްތައް ބިނާކުރާއިރު، ޖާގައިގެ ދަތިކަމަށް އިސްކަމެއް ދެއްވުމަށް އަލީފް ވަނީ އެދިވަޑައިގެންފައެވެ.

މިގޮތުން މިސްކިތްތަކާއި އެހެނިހެން އިމާރާތްތައް ބިނާކުރުމުގައި ރައްޔިތުންނަށް ދިމާވެދާނެ ޖާގައިގެ ދަތިކަމަށް ވިސްނައި، އާންމުންނަށް ޖާގަ މަދުނުވާނެ ފަދައިން، އެފަދަ ތަންތަން ބިނާކުރުމަށް އަލީފް ވިދާޅުވިއެވެ. 

އަދި އިމާރާތްތައް ބިނާކުރާއިރު، ގިނަ ބަޔަކަށް އެތަންތަނުގެ ބޭނުން ހިފޭނެ ފަދައިން ބޮޑު ސަރަހައްދެއް ބޭނުން ނުކޮށް ފަންގިފިލާތައް މައްޗަށް ނަގައިދޭނެ ނިޒާމެއް ގާއިމްކޮށްދިނުމަށް އަލީފް ވަނީ އެދިވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް