ads
ރައީސް މުހައްމަދު މުއިއްޒު އިންޓާލެކްޗުއަލް ޕްރޮޕަޓީގެ ބިލު ތަސްދީގު ކުރައްވަނީ - ފޮޓޯ:ރައީސް އޮފީސް
ހައްގުތަކަކީ ވަކި ހުދޫދެއްގެ ތެރޭގައި އޮންނަ ކަމެއް: ރައީސް
ވާހަކަދެއްކުމުގެ މިނިވަންކަމަކީ ވަކި ހުދޫދުތަކެއްގެ ތެރޭގައި އޮންނަންޖެހޭ ކަމެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މި އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ އަބުރާއި އިއްޒަތަށް އަރައިގަތުމަކީ އެއްވެސް މީހަކަށް ލިބިފައިވާ ހައްގެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް މީހަކަށް ލިބިފައި އޮތް ހައްގެއް ނޫންކަން އަނެކާގެ އިއްޒަތާއި އަބުރާއި ޝަރަފަށް އަރައިގަތުމަކީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫންކަން ތިމަންނާ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ," ރައީސް މުއިއްޒު ވިދާޅުވިއެވެ. ތިމާއަށް އަބުރަކާއި އިއްޒަތެއް ލިބިފައިވާ ފަދައިން އަނެކާއަށް ވެސް އަބުރާއި އިއްޒަތް ލިބިފައިވާކަން ގަބޫލުކުރަން ޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ މި ވާހަކަފުޅުތައް ދައްކަވާފައިވަނީ މިނިވަން މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭފަދަ ޕޮއިންޓުތަކެއް ހުރިކަަށް އިދިކޮޅުން ބުނާ ބިލެއް މަަޖިލީހަށް ހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ. އެ ބިލުގައިވާ ގޮތުން މީޑިއާ ރެގިއުލޭޓުކުރާ ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދޭން ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމާއި ވަގުތީގޮތުން ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ހިމެނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް