ads
މަދުން ނޫނީ ނުފެންނަ ބައްޔެއް އެމެރިކާއިން ފެނިއްޖެ
ދުނިޔޭގައި މަދުން ނޫނީ ނުފެނަނަ ބައްޔެއް ކަމަށް ވާ "މަންކީޕޮކްސް" އެމެރިކާގައި ފެތުރޭ ކަމުގެ ބިރު ބޮޑުވެ، ބަލި ޖެހިފައިވާ މީހުން ހޯދުމައްޓަކައި ގިނަ އަދަދެއްގެ ބަޔަކު ޓެސްޓު ކުރަން ފަށައިއެވެ.

އެމެރިކާގެ 27 ސްޓޭޓަކުން މިހާތަނަށް 200 އެއްހާ މީހުން ބައްޔަށް ޓެސްޓު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް ޓެސްޓުތައް ހަދަން ފަށާފައި މިވަނީ ނައިޖީރިއާ އިން އެމެރިކާއަށް މިދިޔަ ޖޫން މަހު ދަތުރުކުރި މީހެއްގެ ގައިން މިބަލި ފެނުމާއި ގުޅިގެންނެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައިވަނީ މި ބަލި ފެނިފައިވާ މީހާ 2 ފްލައިޓެއްގައި ދަތުރުކޮށްފައިވުމާއި ގުޅިގެން ފްލައިޓްގައި އޭނާއެކު ދަތުރު ކުރި ފަރާތްތައްވެސް މިހާރު ދަނީ ޓެސްޓު ކުރެވެމު ކަމަށެވެ.

ބަލި ޖެހިފައިވާ މީހާ އަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދާ ކަމަށާއި، އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެން ނަމަވެސް ގައިންގަޔަށް އަރާ މި ބަލި އިތުރު މީހަކަށް ނުވަތަ ބަޔަކަށް ފެތުރިފައިވާ ކަމެއް އަދި މިހާ ތަނަށް ދެނެގަނެވިފައެއް ނުވެއެވެ.

"މަންކީޕޮކްސް" އަކީ ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނެނީ ބޮލުގައި ރިއްސުމާއި، ހުން އައުމުގެ އިތުރުން ހަށިގަނޑުގެ އެކިތަންތަން ދުޅަވުމާއި، ގައިގައި ރިއްސުމެވެ. އަދި މީގެ އިތުރުން މި ބަލީގެ އަލަމަތްތަކުގެ ތެރޭގައި ހޮޑުލެވުންވެސް ހިމެނެއެވެ. މި ބަލި އާންމުގޮތެއްގައި ފެނިގެން ގޮސްފައިވަނީ އެފްރިކާގެ ގައުމުތަކުންނެވެ. 

ބައްޔަށް އިންފެކްޓުވުމުން ގައިން ނަގާ ފިއްގަނޑުތައް ވަރަށް ބޮޑަށް ހިރުވާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް