ads
ޓީޗަރުން -- ފޮޓޯ:ކޭ
ސްކޫލްތަކުގެ މުވައްޒަފުން ވެކްސިން ޖެހުމަށް އަންގައިފި
ސްކޫލްތަކުގެ މުވައްޒަފުން ކޮވިޑް-19 އިން ރައްކާތެރި ވުމަށް ވެކްސިން ޖަހަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކުގެ ވެެރިންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސްކޫލުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް ސްކޫލުގެ ކިޔަވައިދިނުން އާންމު ހާލަތުގައި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒްތައް ވީއެންމެ އަވަހަކަށް ފުރިހަމަކުރުމަށް ބާރުއަޅާ ކަމަށެވެ. އެގޮތުން ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ސްކޫލްތަކުގެ މުވައްޒަފުން ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ޖަހުމަށް މިނިސްޓްރީން އެދިފައިވެއެވެ.

އަދި ވެކްސިންގެ އެއް ޑޯޒް ޖަހައި، ދެވަނަ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަަކަށް ވެކްސިން ފުރިހަމަކުރުމަށް ފަސޭހަ އިންތިޒާމުތަކެއް މާލެ އާއި އަތޮޅުތެރޭގައި ހަމަޖެއްސުމަށް މަޝްވަރާކޮށްފައިވާ ކަމަށް މިނިސްތްރީން ބުނެއެވެ. އަދި ފުރަތަމަ ޑޯޒް ނުޖަހައި ތިބި މުވައްޒަފުންނަށް ވެސް ވެކްސިން ޖެހުމަށް ފަސޭހަ ގޮތެއް ހޯދައިދޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެއްވެސް ސަބަބަކާ ހުރެ ވެކްސިން ޖެހެން ނެތް ނަމަ، ވެކްސިން ނުޖެހޭ ސަބަބު އަންގައިދޭ އެޗްޕީއޭގެ ލިޔުމެއް ސްކޫލަށް ހުށަހެޅުމަށް ވެސް މިނިސްޓްރީން އެދިފައިވެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. ކޮވިޑުން ރައްކާތެރިވުމަށް ފެބްރުއަރީ ފުރަތަމަ ދުވަހުން ފެށިގެން ވެކްސިން ދިނުމުގެ ޕްރޮގަރާމް ދަނީ ކުރިއަށް ގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް