ads
ސައުދީ މީހަކު ސައުދީ އިމިގްރޭޝަން އޮފިސަރެއްގެ އަތުން އޭނާ ޕާސްޕޯޓް ނަގަނީ- ފޮޓޯ: ރޮއިޓާސް
"ރެޑް ލިސްޓް" ގައުމަކަށް ދަތުރުކޮށްފި ނަމަ ތިން އަހަރަށް ދަތުރު ނުކުރެވޭނެ
އަންގާރަ ދުވަހު ސައުދީ އަރަބިއްޔާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސަރުކާރުން ވަނީ ހަރުކަށި ވަރުގަދަ ފިޔަވަޅުތަކެއް އިއުލާނުކޮށްފަ އެވެ.

އިއުލާންކުރި ފިޔަވަޅުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ އެގައުމުގެ ރައްޔިތެއް ސަރުކާރުން ކަނޑައަޅައިފައިވާ "ރެޑް ލިސްޓް" ގައުމުތަކުގެ ތެރެއިން ގައުމަކަށް ދަތުރުކޮށްފި ނަމަ އެނބުރި ގައުމަށް އައުމުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކެވެ. 

އެގޮތުން "ރެޑް ލިސްޓް" ގައުމަކަށް ދަތުރުކުރުމަށް ފަހު ގައުމަށް އައުމުން ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި އޭގެތެރޭގައި ތިން އަހަރުވަންދެން އެހެން ގައުމަކަށް ދަތުރު ނުކުރުން މަނާ ކުރެވޭނެ ކަމަށް ސައުދީގެ އިންޓީރިއާ މިނިސްޓްރީން ވަނީ ބުނެފައެވެ. 

އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކު ސައުދީ ޕްރެސް އެޖެންސީއަށް ބުނީ ބޭރު ގައުމުތަކަށް ދަތުރުކުރާ މީހުންގެ ސަމާލުކަމަށް އަލަށް އިއުލާން ކުރި ފިޔަވަޅުތަައް ގެނެސްފައިވާ ކަަމަށެވެ. އަދި "ރެޑް ލިސްޓް" ގައި ނުހިމެނޭ ގައުމަކަށް ދަތުރުކުރުމަށް ފަހު ރެޑް ލިސްޓް ގައުމަކަށް ދަތުރު ކުރި ނަމަވެސް އެނބުރި ގައުމަށް އައުމުން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ބުނެއެވެ.

ސައުދީ ސަރުކާރުން "ރެޑް ލިސްޓް" ކުރި ގައުމުތަކުގެ ތެރޭގައި އަފްގާނިސްތާން، އާޖެންޓީނާ، ބްރެޒިލް، މިސްރު، އިތިއޯޕިއާ، އިންޑިއާ، ލުބުނާން، ޕާކިސްތާން، ދެކުނު އެފްރިކާ، ތުރުކީ، ވިއެޓްނާމް، އަދި އެކުވެރި އަރަބި އިމާރަތް ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް