ads
ޕީޕީއީ ހަދިޔާ ކުރުމުގެ ރަސްމީޔާތުގެ ތެރެއިން
އޮސްޓްރޭލިއާއިން ރާއްޖެއަށް 3.5 ޓަނު ޕީޕީއީ ހަދިޔާކޮށްފި
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީވެދިނުމުގެ ގޮތުން އޮސްޓްރޭލިއާ އިން އިތުރު 3.5 ޓަނުގެ ޕީޕީއީ އިއްޔެ ހަދިޔާކޮށްފިއެވެ.

ސްރީލަންކާގައި ހުންނަ އޮސްޓްރޭލިއާ އެމްބަސީގައި ރާއްޖެއާ ހަވާލުކުރި މި ސާމާނުތަކާއެކު ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެ ގައުމުން ރާއްޖެއަށް ދިން އެހީގެ އަދަދު ވަނީ ނުވަ މިލިއަނަށް އަރައިފައެވެ. މި ފަހުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ފޮރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ ކެޕޭސިޓީ ބިލްޑް ކުރަން ހަދިޔާކުރި ތަކެތިވެސް ހިމެނެއެވެ.

ރާއްޖޭގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގެންނެވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އުމަރުއަބްދުލް ރައްޒާގެވެ.

އޮސްޓްރޭލިއާގެ އެހީއަށް ޝުކުރު އަދާކުރައްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަލަށް ހަދިޔާކުރެވުނު ޕީޕީއީތަކާއެކު ކޮވިޑާ ދެކޮޅަށްކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް