މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ހިދުމަތް ބަދަލު ވާނީ 01 އޮގަސްޓް 2021 އިން ފެށިގެން ކަމަށެވެ.
އިތުރަށް އިމިގްރޭޝަނުން ބުނީ އެ ހިދުމަތްތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، އެއިދާރާގެ ފޯނު ނަންބަރު 9199153 (ވާރކް ވީޒާ ހޮޓްލައިން)، 9199157 (ވާރކްވީޒާ ފިޔަވައި އެހެނިހެން ވީޒާތަކުގެ ހޮޓްލައިން) އަށް (ރަސްމީ މަސައްކަތު ދުވަހުގެ ހެނދުނު 08:00 އިން 14:00 އަށް ރަސްމީ ބަންދު ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް) ގުޅުމަށެވެ.