ads
ރ. ދުވާފަރު ސިއްހީ މަރުކަޒު ކައިރިއަށް ގިނަ ބަޔަކު އެއްވެފައި- ފޮޓޯ: ސީއެންއެމް
ދުވާފަރު ސިއްހީ މަރުކަޒު ދޮށަށް ގިނަ ބަޔަކު އެއްވެ މުޒާހަރާކުރަން ފަށައިފި
ދުވާފަރު ސިއްހީ މަރުކަޒު ދޮށަށް ގިނަ ބަޔަކު އެއްވެ މުޒާހަރާކުރަން ފަށައިފި އެވެ.

ދުވާފަރު ސިއްހީ މަރުކަޒު ދޮށަށް އެއްވެ މުޒާހަރާ ކުރަމުންދަނީ ކޮވިޑަށް ޕޮޒިޓިވް ހާލު ދެރަވެެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދިޔަ މީހަކަށް ހޮސްޕޮިޓަލުގައި އޮކްސިޖަން ދެވޭނެ ގޮތެއް ނެތިގެން އޭދަފުށީ ކޮވިޑް ފެސިލިޓީއަށް ގެންދިޔުމަށް ސީއެމްބިއުލާންސްއަށް އުއުން ލަސްވެގެން އެމީހާ މަރުވި މައްސަލަގައެވެ. 

ސީއެންއެމްއަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނީ މަރުވެފައިވަނީ، 52 އަހަރުގެ މީހެއް ކަމަށެވެ. އެ ސަރަހައްދުގައި މައްސަލަ ހޫނުވެ، މިހާރު ވަނީ އޫގޫފާރުން ފުލުހުންވެސް އެރަށަށް ގޮސްފައެވެ.

އެ ރަށުން ސީއެންއެމްއަށް މައުލޫމާތު ދިން މީހަކު ބުނީ އޭނާ ނޭވާލަން އުނދަގޫވާތީ ހާލު ސީރިއަސްވެގެން ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު 05:00 ޖަހާއިރު ކަމަށާއި، މަރުވެފައިވަނީ، އިރުއޮއްސި 19:53 ހާއިރު ކަމަށެވެ. އެމީހާ ބުނީ، އޭނާ އޮކްސިޖަން ދެވޭނެ ގޮތެއް ނެތިގެން އޭދަފުށީ ކޮވިޑް ފެސިލިޓީއަށް ގެންދިޔުމަށް ސީއެމްބިއުލާންސްއަށް ގުޅައިދިނުމަށް ހަވީރު 05:00 ޖަހާކަށްހާއިރު ހޮސްޕިޓަލަށް ގެންދިޔައީންސުރެ އާއިލާއިން އެދެމުންދިޔަކަަމަށާއި، ނަމަވެސް އޭނާ މަރުވުމާއި ހަމަޔަށް ސީއެންބިއުލާންސް އައިސްފައި ނުވާކަމަށެވެ. 

މިހާރު އެ ރަށު ސިއްހީ މަރުކަޒު ދޮށުގައި ގިނަ ބަޔަކު އެއްވެ މުޒާހަރާކުރަމުންދާއިރު، އެ ރަށުން ސީއެންއެމްއާއި ވާހަކަދެއްކި އިތުރު މީހަކު ބުނީ އެކަމުގައި ހޮސްޕިޓަލުގައި އިހުމާލު އެބައޮތް ކަމަށެވެ. އެގޮތުން 05:00 ފެށިގެން ސީއެންބިއުލާންސް ގެނެސްދިނުމަށް އެދުނު ނަމަވެސް ސީއެމްބިއުލާންސްއަށް ގުޅާފަވެސް ނުވާކަމަށް މައުލޫމާތު ލިބޭކަމަށް އެމީހާ ބުނެއެވެ. 

މިކަމުގައި އެރަށު ސިއްހީ މަރުކަޒުގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް