ads
މީހާގެ މަރާއި ގުޅިގެން އެރަށު މީހުން ސިއްހީ މަރުކަޒު ކައިރީ މުޒާހަރާ ކުރަނީ
އެމްބިއުލާންސް ލަސްވެ، ކޮވިޑް ޖެހުނު މީހަކު މަރުވެއްޖެ
ސީ އެމްބިއުލާންސް އުއުން ލަސްވުމުގެ ސަބަބުން ރ. ދުވާފަރުގައި ކޮވިޑަށް ފަރުވާދެމުންދިޔަ މީހަކު މަރުވެއްޖެ އެވެ.

އެ ރަށުން ސީއެންއެމްއަށް މައުލޫމާތު ދިން މީހަކު ބުނީ މަރުވެފައިވަނީ، އުމުރުން 52 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ނޭވާލަން އުނދަގޫވާތީ ހާލު ސީރިއަސްވެގެން ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު 05:00 ޖަހާއިރު އެވެ. އެމީހާ މަރުވެފައިވަނީ، އިރުއޮއްސި 19:30 ހާއިރު އެވެ.

އެމީހާ ބުނީ، އޭނާ އޮކްސިޖަން ދެވޭނެ ގޮތެއް ނެތިގެން އޭދަފުށީ ކޮވިޑް ފެސިލިޓީއަށް ގެންދިޔުމަށް ސީއެމްބިއުލާންސްއަށް ގުޅައިދިނުމަށް ހަވީރު 05:00 ޖަހާކަށްހާއިރު ހޮސްޕިޓަލަށް ގެންދިޔައީންސުރެ އާއިލާއިން އެދެމުންދިޔަކަަމަށާއި، ނަމަވެސް އޭނާ މަރުވުމާއި ހަމަޔަށް ސީއެންބިއުލާންސް އައިސްފައި ނުވާކަމަށެވެ. 

މިހާރު އެ ރަށު ސިއްހީ މަރުކަޒު ދޮށުގައި ގިނަ ބަޔަކު އެއްވެ މުޒާހަރާކުރަމުންދާއިރު، އެ ރަށުން ސީއެންއެމްއާއި ވާހަކަދެއްކި އިތުރު މީހަކު ބުނީ އެކަމުގައި ހޮސްޕިޓަލުގައި އިހުމާލު އެބައޮތް ކަމަށެވެ. އެގޮތުން 05:00 ފެށިގެން ސީއެންބިއުލާންސް ގެނެސްދިނުމަށް އެދުނު ނަމަވެސް ސީއެމްބިއުލާންސްއަށް ގުޅާފަވެސް ނުވާކަމަށް މައުލޫމާތު ލިބޭކަމަށް އެމީހާ ބުނެއެވެ. 

މިކަމުގައި އެރަށު ސިއްހީ މަރުކަޒުގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ. ސީއެންްއެމްައަށް މައުލޫމާތު ދިން އެ ރަށު މީހަކު ބުނީ އެ ރަށު ސިއްހީ މަރުކަޒުގައި ހުންނަ ޑޮކްޓަރު މިވަގުތު ހުރީވެސް ކަރަންޓީންގައި ކަމަށެެވެ. ސިއްހީ މަރުކަޒުގައި މުޒާހަރާ ކުރެވެމުންދާއިރު ކޮވިޑްގައި ހާލު ސީރިއަސްވެގެން 80 އަހަރުގެ މީހަކުވެސް ވަނީ އެ މަރުކަޒަށް މިހާރު ގެންގޮސްފައެެވެ. 

މިއީ ރާއްޖެއިން ކޮވިޑްގައި މަރުވި 221 ވަނަ މީހާއެވެ.

0%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް