ޑރ ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ މިނިސްޓަރު އިމްރާން އަށް އަވަސް ޝިފާއަކަށް އެދިފައެވެ.
އަދި މިހާލަތުގައި މިނިސްޓަރު އިމްރާނާއި އެމަނިކުފާނުގެ އާއިލާއަށް ރައްކާތެރިކަމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދުއާކުރާކަމަށް ވިދާޅުވެފައެވެ.
ކޮވިޑުގެ އަލާމާތްތައް ފެނި އާލާސްކަންފުޅުގައި އުޅުއްވުމާއި ގުޅިގެން ޓެސްޓު ހެދުމަށް ފަހު މިނިސްޓަރު އިމްރާން ކޮވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.
މިނިސްޓަރު ކޮވިޑަށް ޕޮޒިޓިވެވިއިރު އެމަނިކުފާނު ހުންނެވީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ދެޑޯޒްވެސް ފުރިހަމަ ކުރައްވައިގެން ކަމަށް މައުލޫމާތު ލިބެއެވެ.
އެހެންނަމަވެސް، މިނިސްޓަގެ ހާލުކޮޅު ރަނގަޅު ކަމަށާއި، މިވަގުތު މިނިސްޓަރު ހުންނެވީ ގޭގައި ކަމަށް މައުލޫމާތު ލިބެއެވެ.