ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ވަލު ޖަނަވާރުތަކެއް--
ވަލު ޖަނަވާރެެއްގެ ފޮޓޯއެއް ނެގި މީހަކަށް ދައުވާ ކުރަނީ
ޖަނަވާރެއްގެ ފޮޓޯއެއް ނެގުމަށް ކައިރިވި އަންހެނަކަށް ގިނަ ތުހުމަތުތަކެއްކޮށް، ދައުވާކޮށްފިއެވެ.
Advertisement

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އަންހެން މީހާއަށް ދައުވާކުރަނީ އެމެރިކާގެ ޔެލޯ ސްޓޯން ޕާކުގައި އުޅޭ ގްރިޒްލީ ބެއާތަކުގެ ތެރެއިން ބެއާއަކަށް އުނދަގޫ ކުރި ކަމަށް ބުނެއެވެ. 

ސަމަންތާ ޑަހަރިން ނަމަކަށް ކިޔާ އަންހެން މީހާ ބޮޑު ބެއާ އަކާއި ކުޑަ ދެ ބެއާގެ ފޮޓޯ ނެގުމަށް އެ ޖަނަވާރުންނާ ކައިރިވާ ވީޑިއޯ އެއް ވަނީ ދައުރުވެފައެވެ. 

ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން މީހާ އެހާ ކައިރީގައި ހުރެ ފޮޓޯ ނެގުމުން ކުދި ޖަނަވާރުތަކަށް އުނދަގޫވެގެން އުޅެއެވެ. 

އަންހެން މީހާ އެތަނުން ދުރަށް ގޮސްފައިވަނީ ކުދި ބެއާތަކުގެ މަންމަ ބެއާ އެ އަންހެން މީހާއާ ދިމާއަށް ދާން ފެށުމުންނެވެ. 

ޕާކުގެ ގަވައިދުތައް ބުނާ ގޮތުން ޕާކަށް ޒިޔާރަތް ކުރާ މީހުން ތިބެން ޖެހޭނީ ބެއާތަކުގެ 300 މީޓަރު ދުރުގައެވެ.

އަންހެން މީހާގެ މައްޗަށް ވަނީ ވަލު ޖަނަވާރުންނަށް ކާންދީ، އުނދަގޫ ކުރުމުގެ ގިނަ ދައުވާތަކެއް އުފުލާފައެވެ. އޭނާއަށް ކުރާ ދައުވާތަކުގެ ފުރަތަމަ އަޑުއެހުން އޮންނާނީ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް