ރޭ މާފުށީ ޖަލުގައި ބޭއްވި މި ރަސްމިއްޔާތުގައި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި އޮފިސަރުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މި ގޮތުން ޖުލައި 17 އިން 24 އަށް ކުރިއަށް ގެންދިޔަ “ޓްރޭނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން” ޕްރޮގްރާމް 24 އޮފިސަރުން ފުރިހަމަކޮށްފައިވާއިރު، ޖުލައި 25 ން 29 ށް ކުރިއަށް ގެންދިޔަ “ޑްރަގް އެޑިއުކޭޝަން އެވެއަނަސް ޕްރޮގްރާމް ފޯ ޕްރިޒަން އޮފިސަރސް” ޕްރޮގްރާމް 23 އޮފިސަރުން ވަނީ ފުރިހަމަކޮށްފައެވެ.
ސެޓްފިކެޓް ހަވާލުކުރުމުގެ އިތުރުން، ޔޫއެންއޯޑީސީގެ ފަރާތުން ތޯއިބާ ސައީދު ވަނީ މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ނެލްސަން މަންޑޭލާ ރޫސްލްސްގެ ޓޫލްކިޓް ހަވާލުކޮށްފައެވެ.
ކޮމިޝަނަރ މި ދެ ޕްރޮގްރާމްގެ ބައިވެރިންނަށް މަރުހަބާއާއި ޝުކުރުދަންނަވަމުން، ޔޫއެންއޯޑީސީއިން އެމްސީއެސްއާ ބާއްވާ ގާތްގުޅުމަށާއި އޮފިސަރުން ގާބިލު ބަޔަކަށް ހެދުމަށް ފަންނީ އަދި އެހެނިހެން ގޮތްގޮތުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މިޕްސްޓަރ އާއި ޖަރނީއިން މި ދެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށްޓަކައި ދެއްވާފައިވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ.
ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅުއެވެ. މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާދް އިބްރާހިމް މުހައްމަދު ދީދީ އާއި އެމްސީއެސްގެ ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ޔޫއެންއޯޑީސީގެ ނެޝަނަލް ޕްރޮގްރާމް ކޯޑިނޭޓަރު ތޯއިބާ ސައީދު އާއި މި ދެ ޕްރޮގްރާމްގެ ފެސިލިޓޭޓަރުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.