ads
ޑރ އިޔާޒް ..
އިޔާޒުގެ މަގާމަށް މީހަކު އައްޔަން ނުކުރަން އަމުރުކޮށްފި
އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު އިޔާޒް ޢަބްދުއްލަތީފް ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި އަދާކުރަމުން ގެންދިޔަ މަޤާމަށް އިތުރު ބޭފުޅަކު އައްޔަން ނުކުރުމަށް ޓްރިބިއުނަލް އިން އަމުރުކޮށްފިއެވެ.

އެ މަގާމަށް އިތުރުބޭފުޅަކު އައްޔަން ނުކުރުމަށް އަމުރުކޮށްފައިވަނީ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުކަމުގެ މަގާމުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވަކިކޮށްފައިވަނިކޮށްށެވެ. 

އަދި އެމަގާމުން ޑރ. އިޔާޒު ވަކިކޮށްފައިވަނީ އަންހެނުން ހިތާނުކުރަން ހިތްވަރު ދޭ ގޮތަށް، ވާހަކަ ދައްކާފައިވާ ކަމަށް ބުނުމާއި ގުޅިގެން ޖުލައިމަހުގެ ކުރީކޮޅުގައެވެ.

އަންހެނުން ހިތާނުކުރުން ދިފާއުކޮށް އިޔާޒް ވިދާޅުވީ އޭނާ މަސައްކަތް ކުރެއްވީ ހަގީގަތް ހާމަކޮށްދެއްވުމަށް ކަމަށް ބުނެފައެވެ.

އެހެންނަމަވެސް އެއީ އޭނާ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށާއި، މިކަމުގެ ސަބަބުން އެއްވެސް މީހަކަށް ނުރަނގަޅު މެސެޖެއް ލިބިފައިވާނަމަ އެކަމަށް މައާފަށް އެދޭކަމަށް ޑރ.އިޔާޒު ވަނީ ވިދާޅުވެފައެވެ.

ވަޒީފާއިން ވަކިކުރި މައްސަލަ ޓްރިބިއުނަލް ހުށަހަޅައިފައިވާއިރު، ޑރ. އިޔާޒު ވަނީ އެމްއެންޔޫގައި އޭނާ އަދާކުރަމުން ގެންދިޔަ މަގާމަށް އިތުރު މީހަކު އައްޔަން ނުކުރުމަށް އަމުރު ނެރެދިނުމަށް އެދިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް