ads
ރައީސް ނަޝީދު އަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރު ކުރި މީހެއް
ރައީސް ނަޝީދަށް ދިން ހަމަލާ އަކީ އިސްލާމްދީނާ ގުޅުން ހުރިކަމެއް ނޫން: ޕީޖީ
ރައީސް ނަޝީދަށް ދިން ހަމަލައަކީ އިސްލާމް ދީނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫންކަމެއް ނޫންކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ޕްރެސްގައި ޕީޖީ ޝަމީމް ވިދާޅުވީ ނަޝީދަށް ދެވުނު ހަމަލަ އަކީ ޖިނާއީ ގޮތުން ހިންގާފައިވާ އަމލެއް ކަމަށެވެ. އެއީ އިސްލާމްދީނާ ގުޅުން ހުރި ކަމެއް ނޫންކަމަށާއި، އިސްލާމް ދީނަކީ ހަރުކަށި ދީނެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ އިސްލާމްދީނާ ގުޅޭކަމެއްކަމަށް. މިމީހުން ދައްކަނީވެސް އިސްލާމް ދީނުގެ ވާހަކައެއްވެސް ނޫން. އިސްލާމް ދީނަކުން ނުބުނާނެ ދެއްތޯ މީހަކު މަރާލާކަށް . އަދި މުސްލިމެއް ކަމަށް އެނގޭ މީހަކު. މިއުޅެނީ ހަނގުރާމައިގެ ދުވަސްވަރެއްގައެއް ނޫން" ޝަމީމް ވިދާޅުވިއެވެ. 

ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތަރު މީހަކަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް މިހާރު ވަނީ ފޮނުވައިފަ އެވެ.

މެއި ހަ ވަނަ ދުވަހުގެ ރޭ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ގުޅޭ ކަންމަތީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިޑީއެއް ގޮއްވާލުމުން ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެ، ފުރާނަ ސަލާމަތް ކުރަން ބޮޑެތި އޮޕަރޭޝަންތަކެއް ކުރަން ޖެހުނެވެ.

އެ މައްސަލައިގެ ތުހުމަތަށް 10 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ދައުވާ ކުރަން އެދި ފުލުހުން، ޕީޖީ އަށް ފޮނުވީ މިދިއަ މަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް