ads
އިންޒާރުދިން މައްސަލާގައި ވަޒީފާއިން ވަކިކުރި މީހާ ފޮޓޯ:-- ސޯޝަލް މީޑިއާ
މަރުގެ އިންޒާރުދިން ޓީޗަރު ވަޒީފާއިން ވަކިކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އުނގުފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އަށް މަރުގެ އިންޒާރުދިން އިސްލާމް ޓީޗަރު ވަޒީފާއިން ވަކިކޮށްފި އެވެ.

މޭ މަހުގައި ފެންމަތިވި މި މައްސަލާއާ ގުޅިގެން ދެ މަހައެއްހާ ދުވަހު ސަސްޕެންޝުގައި ބެހެއްޓުމަށްފަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އިއްޔެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން މައުލޫމާތު ދެއްވަފައެވެ. އެ ކޮމިޝަނުން ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރީ އެޑިއުކޭޝަން މިނިސްޓްރީން މައްސަލަ ބަލާ ނިންމުމަށްފަހު އެގޮތަށް ލަފާ ދިނުމުން ކަމަށެވެ. 

ނ. ކުޑަފަރީ ސްކޫލުގައި މަސައްކަތް ކުރި ޓީޗަރު، މެމްބަރު ވައްޑެއަށް އިންޒާރު ދީފައިވަނީ ސޯޝަލް މީޑިއާ ޕޯސްޓެއް މެދުވެރިކޮށެވެ. އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ "މި ސިކު މުރުތައްދު ކަލޭގެއަށް ތައުބާވުމަށް އަންގައި، އެކަން ނުކޮށްފިނަމަ މަރާލަންޖެހޭ" މިހެންނެވެ. 

ދާދިފަހުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިންޑިއާ އެމްބަސީ ގޮއްވާލާނެ ކަމަށް ބުނެ ވެސް މީހަކު ވަނީ އިންޒާރު ދީފައެވެ. މީގެ ކުރިން މިފަދަ މައްސަލަތަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނަސް މިހާރު ސަލާމަތީ ބާރުތަކުން ދަނީ ސޯޝަލް މީޑިއާ ޕްލެޓުފޯމުތައް ވެސް މޮނިޓަރ ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް