ads
ފޮޓޯ އެކޮނޮމިކް ޓައިމްސް:
ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ތެލުގެ އަގު ވެއްޓެނީ
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށްގޮސްފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ގޮސްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް 19 ގެ ކޭސްތައް އިތުރުވުމާއި ގުޅިގެންކަމަށް ރިޕޯޓުތައް ބުނެއެވެ. 

މިގޮތުން މި ހަފްތާ ތެރޭގައި މުޅި ދުނިޔޭގެ މާރުކޭޓުން ތެލުގެ އަގު ހަތަރު ޕަސަންޓު ވަނީ ދަށަށް ގޮސްފައެވެ.

މިހެންކަމުން ތެޔޮފީފާއެއްގެ އަގު މިހާރު އެވަރެޖް ގޮތެއްގައި އުޅެނީ 70 ޑޮލަރާއި 65 ޑޮލަރާއި ދެމެދުގައެވެ. 

ތެލުގެ އަގު ދަށަށް ދާން ފަށާފައިވަނީ ޑެލްޓާ ވޭރިއަންޓު ފެތުރެން ފެށުމުން ކޮވިޑާއި މެދު އޮތް ބިރުވެރިކަން އަނެއްކާވެސް ބޮޑުވާން ފެށުމުންކަމަށް މާކެޓު ދިރާސާ ކުރާ މާހިރުން ވަނީ އަންދާޒާކޮށްފައެވެ.

އެމެރިކާ ސަރަހައްދުގައި ތެލުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ ވިޔަފާރި ހަތް ޕަސަންޓު ދަށަށް ވަނީ ގޮސްފައެވެ.  އެމެރިކާ ސަރަހައްދުގައި މީގެ ކުރީ ހަފްތާއާއި އަޅާ ބަލާއިރު، މި ހަފްތާގައި ސާފު ނުކުރާ ތެލުގެ ދޭއް ޕޮއިންޓު ނުވައް މިލިއަން ތެޔޮ ފީފާ މާކެޓަށް ނެރި މަޑުޖައްސާލާފައިވޭ. އަދި ގޭހުގެ 5.3 މިލިއަން ތެޔޮފީފާ މާޓެއް ނުނެރި ވަނީ މަޑުޖައްސާލަން ޖެހިފައެވެ.

ދުނިޔޭގައި އެންމެ ގިނައަދަދަކަށް ތެޔޮ އިމްޕޯޓުކުރާ ޗައިނާއަށް ވެސް މިދިޔަ މަހާއި އަޅާ ބަލާއިރު މިމަހު އިމްޕޯޓު ކުރި ތެލުގެ އަދަދު 10 މިލިއަން ފީފާ މަދުކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް