ads
އިބުރާ- ފޮޓޯ: ސީއެންއެމް
ރާއްޖޭގައި އޮންނަން ޖެހެނީ ޕްރެފަރެންޝަލް ވޯޓިން ސިސްޓަމެއް: އިބްރާ
ދިވެހި ރާއްޖޭގައި އޮންނަން ޖެހެނީ ޕްރެފަރެންޝަލް ވޯޓިން ސިސްޓަމެއް ކަމަށް، ދެކެވަޑައިގަންނަވާކަމަށް އާ ގާނޫނު އަސާސީ އެކުލަވާލި ކޮމިޓީގެ މުގައްރިރު އިބްރާހީމް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި އިބްރާ ސީއެންއެމް އަށް ވިދާޅުވީ އާ ގާނޫނު އަސާސީގެ ދަށުން ދިވެހީން ހޭދަކުރި ދުވަސްތަކުގެތެރޭގައި ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު މިހާރު ރާއްޖެއަށް އެންމެ ރަނގަޅު ވޯޓިން ސިސްޓަމަކީ ޕްރެފަރެންޝަލް ވޯޓިން (އިސްކަންދޭ ތަރުތީބުން ވޯޓުދޭ) ސިސްޓަމް ކަމަށެވެ. 

ޕްރެފަރެންޝަލް ވޯޓިން ސިސްޓަމަކީ އެމްޑީޕީގެ ފުރަތަމަ ރައީސް އިންތިޚާބު ކުރުމަށްޓަކައި ޕާޓީގެ އެތެރޭގައިވެސް ބޭނުން ކުރިސިސްޓަމެވެ. 

ޕްރެފަރެންޝަލް ވޯޓިން ސިސްޓަމުގައި ވޯޓުދޭ މީހާ ވޯޓު ދޭނީ، ވޯޓު ކަރުދާހުގައިވާ، ނަން ލިސްޓުން ފެންނަ ނަންތަކުގެ ތެރެއިން އެމީހަކު އިސްކަން ދޭތަރުތީބުންނެވެ. އެއީ އެމީހަކު ފުރަތަމަ އިހުތިޔާރު ކުރާ ނަމަކީ ކޮބައި ކަމާއި، ދެވަނަ އަށް އިހުތިޔާރު ކުރާ ނަމަކީ ކޮބައިކަމާއި އަދި ދެންވެސް ވޯޓުކަރުދާހުގައި ހުންނަ ނަންތައް އިސްކަންދޭ ތަރުތީބުން އެނގޭގޮތް ހެދުމެވެ.

އިބްރާ ވިދާޅުވީ އަދިވެސް ވޯޓުދިނުމުގައި ސިޔާސަތުތައް ބަލައި އެދިރާސާކޮށް ވޯޓުދިނުމުގެ އާދައެއް ނެތްކަމަށެވެ. އޭގެ ބަދަލުގައި ދަންނަ މީހާ ނުވަތަ މިހާރު ނަމަ، ތިމާގެ ޕާޓީ މީހާ ނުވަތަ ގާތްތިމާގެ މީހާއަށް ވޯޓު ދިނުން އަދިވެސް ފިލައި ނުދާކަމަށެވެ. ނުވަތަ ދެން އޮތީ ތިމާގެ މުހުތާދުތައް ފުއްދައިދޭ މީހާއަށް ވޯޓު ދިނުމެވެ. 

އިބްރާ ވިދާޅުވީ މިހެން ވުމުގެ ސަބަބުން ވަކި ފަރުދުން ތަކެއްގެ އަތްމައްޗަށް ސިޔާސީ ބާރުތަކެއް ޖަމާވެފައިވާކަމަށެވެ. އެހެންކަމުން އެކަކަށް ސާފު އަގުލަބިއްޔަތެއް ހޯދަން ވަރަށް އުނދަގޫވާކަމަށް އޭނާ ވިދާޅުވި އެވެ. ކަންއެހެން އޮތުމުން ސިޔާސީ މީހުން އޭގެ ބޭނުން ކުރަނީ ވޯޓު ބައިބައިކޮށް އެއްވެސް މީހަކު ފުރަތަމަ ބުރުން ހޮވުނަ ނުދިނުމަށް ކަމަށެވެ. ވޯޓުދޭ ނިޒާމު ބަދަލު ކުރަންޖެހެނީ އެހެންވެގެން ކަމަށް އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ ވޯޓުލާ މީހުންގެ ތެރެއިން، އެންމެ ގިނަ ވޯޓުލިބޭ މީހާ ހޮވޭގޮތަށް ބަދަލުކުރާ ވާހަކަ ބައެއްމީހުން ދައްކާ ކަމަށާއި، އެހެން ހަދައިފިނަމަ ވޯޓަށް މަކަރު ހަދައި އޮޅުވާލުމުގެ ފުރުސަތު ވަރަށް ކުޑަވާނެކަމަށެވެ. އެގޮތުން ނުފޫޒު ގަދަ ފަރާތްތަކުން ވޯޓު ބްލޮކް ކުުރުމާ، ވޯޓު ނުލިބޭހެން ހީވާ ހިސާބުތަކަށް، އެސަރަހައްދުން ވޯޓު ގިނައިން ލިބޭނެ މީހަކު ނެރުން ފަދަ ކަންކަން ހިނގާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް