ads
އިސް ރަށްވެހިންތަކެއް-- ފޮޓޯ: ޗެނަލް 13 ނިއުސް
ދޮށީ އުމުރުގެ މީހުންގެ ދުވަސް މިމަހު 18 ގައި ފާހަގަކުރަނީ
މިއަހަރުގެ ދޮށީ އުމުރުގެ މީހުންގެ ދުވަސް ފާހަގަކުރުމަށް ޕެންޝަން އޮފީހާއި ސްޕޯޓްސް ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަހަރުގެ ދޮށީ އުމުރުގެ މީހުންގެ ދުވަސް ފާހަގަކުރުމަށް ޕެންޝަން އޮފީހާއި ސްޕޯޓްސް ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ހުސައިން މަނިކެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަނުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖީން ޑިރެކްޓަރު މައުރޫފް އަހުމަދު އެވެ.

ޕެންޝަން އޮފީހުން ބުނީ ދޮށީ އުމުރުގެ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ހުޅުމާލޭގައި މިމަހުގެ 18 ވަނަ ދުވަހު "ތްރީ ޖެނެރޭޝަން ވޯކް" ގެ ނަމުގައި ހިނގާލުމެއް އޮންނާނެ ކަމަށެވެ. އެގޮތުން އެ ހިނގާލުން ކުރިއަށް ދިއުމަށް ހަމަޖެހިފައި ވަނީ ހަވީރު 16:00 އިން 18:00 އާ ހަމައަށް ކަމަށް ވެސް ޕެންޝަން އޮފީހުން ވަނީ ބުނެފަ އެވެ.

ހިނގާލުމުގެ ބޭނުމަކީ، ދުވަސްވީ މީހުން ދުޅަހެޔޮކަން މަތީ އުޅެން ކުރެވިދާނެ ކަންތަކާއި ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދުވަސްވީ މީހުންގެ ހިދުމަތް އަގުވަޒަން ކުރުމާއި، މިކަމުގެ މުހިންމުކަން ކުޑަކުދިންނާއި ޒުވާނުންނަށް އަންގައި ދީ ދުވަސްވީ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމާމެދު ހޭލުންތެރިކަން އިތުރު ކުރުމެވެ.

ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގައި ނަސީބުވެރި ތިން ފަރާތަކަށް 2000 ރުފިޔާ ދޭން ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން ތިން ޖީލަށް ވުރެ ގިނަ ޖީލުތައް ހިމެނޭ ގޮތަށް ބައިވެރިވާ އާއިލާތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ އާއިލާ އަކަށް 3000 ރުފިޔާ އަދި އެންމެ ދޮށީ މީހަކު ހިމެނޭ އާއިލާ އަކަށް 3000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ހިނގާލުމުގައި ބައިވެރިވާން އެދޭ މީހުންނަށް ޕެންޝަން އޮފީހުގެ ވެބްސައިޓުން ރެޖިސްޓާ ކުރެވޭނެ އެވެ. https://en.pension.gov.mv
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް