ads
ވިދްޔާ ބާލަން…
ވިދްޔާގެ “ޖަލްސާ” ފެށިގެން ކުރިޔަށްދަނީ!
“ބޭގަމްޖާން” ފަދަ ކާމިޔާބު އެތައް ފިލްމު ތަކަކުން މޮޅު ހުނަރު ދައްކާފައިވާ ވިދްޔާ ބާލަން ސޮއިކޮށް ލީޑު ރޯލު ކުޅެން ނިންމާފައިވާ ފިލްމު “ޖަލްސާ”ގެ ޝޫޓިން ފެށިގެން ކުރިޔަށްދާ ކަމަށް ހަބަރުތަކުން ބުނެފިއެވެ.

އެ ފިލްމުގެ ޑައިރެކްޓަރަކީ ސްރޭޝް ތްރިވޭނީ އެވެ. ވިދްޔާގެ ކާމިޔާބު ފިލްމު “ތުމާރީ ސުލޫ”ގެ ޑައިރެކްޓަރަކީ ވެސް އެއީ އެވެ.

ޓީސީރީޒާއި އަބުންދަންތިއާ އެންޓަޓެއިންމަންޓު ގުޅިގެން ހަދާ އެ ފިލްމަކީ “ވިމެން ސެންޓްރިކް” ފިލްމެއް ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ އިރު އެފިލްމުގެ މުހިއްމު ރޯލަކުން މި ފަހުން ބޮލީވުޑްގެ ގިނަ ފިލްމު ތަކެއްގެ ސަޕޯޓިން ރޯލުތަކުން ފެންނަން ފެށި ޝެފާލީ ޝާހް ވެސް ފެންނާނެއެވެ.

އަރަމުން އަންމަ ބަތަލާ ޝެފާލީގެ ގިނަ ފިލްމުތަކެއް ކުރިޔަށް ރިލީޒްވާން ހުރި އިރު  އަޔުޝްމާން ކްރާނާގެ “ޑޮކްޓަރު ޖީ” އަކީ ވެސް އޭނާގެ ފިލްމެކެވެ.

ފިލްމުގެ މާ ގިނަ ވާހަކަތަކެއް އަދި މީޑިއާތަކަށް ހާމަކޮށްފައި ނުވި ނަމަވެސް “ޖަލްސާ” އާ ބެހޭގޮތުން ޑައިރެކްޓަރު ސްރޭޝް މީޑިއާތަކަށް ބުނެފައިވަނީ ވިދްޔާއާއެކު އަނެއްކާ ވެސް މަސައްކަތްކުރެވޭތީ އުފާވާ ކަމަށާއި ބޭނުން ވަނީ “ތުމާރި ސުލޫ” ފަދަ މޮޅު ފިލްމެއް ހަދަން ކަމަށެވެ. 

“ޖަލްސާ” ގެ މަސައްކަތް އަވަހަށް ނިންމައި އަންނަ އަހަރު ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައިވީ ނަމަވެސް ފިލްމު ރިލީޒްކުރާނެ ރަސްމީ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

“ޑާޓީ ޕިކްޗަރ” ފަދަ ރީތި ފިލްމުތަކުން ފެނިގެންދިޔަ ވިދްޔާ އެންމެ ފަހުން ފެނިގެންދިޔައީ “ޝޭރްނީ” ކިޔާ ފިލްމަކުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް