ads
މާލޭ ސިޓީ ކައުންސިލުން މާފަންނު ރައްޔިތުންާ ބައްދަލު ކުރުން: ފޮޓޯ މާލޭ ސިޓީ ކައުންސިލް
ކުރީގެ ރެންޓަލްސް ހުރިތަނުގައި އަންހެނުންގެ މާރުކޭޓެއް ތަރައްގީ ކުރަނީ
ކުރީގެ ރެންޓަލްސް ހުރި ތަނުގައި އޮތް ޕާކްގައި އަންހެނުންގެ މާރުކޭޓެއް ތަރައްގީ ކުރުމުގެ ހިޔާލު މާލޭ މޭޔަރު ޑރ މުހައްމަމަދު މުއިއްޒު މާލޭ ރައްޔިތުންނަށް ހުށަހަޅުއްވައިދިއެވެ.
Advertisement

މޭޔަރު މި ބައްދަލުވުމުގައި ކައުންސިލްގެ ޕްލޭންހުށަހެޅުއްވިއެވެ. އަދި މިހާރު ހިނގަމުންދާ ބައެއް މަޝްރޫޢު ތައް ތަފްސީލްކޮށްދެއްވިއެވެ. ހާއްސަކޮށް މާފަންނަށް ހުރި މަޝްރޫއުތައް ހާމަކުރެއްވިއެވެ.

އެގޮތުން ބޮޑުގޭގައި އިސްމީ މަރުކަޒެއް ތަރައްޤީކުރުމުގެ ހިޔާލާއި، ގަޑިބުރުގެ ގަޑި އަލުން އިއާދަކުރުމުގެ ހިޔާލާއި، ކުރީގެ ރެންޓާލްސް ހުރި ތަނުގައި އޮތް ޕާކް ބުރިބުރިއަށް ނަގާފައިވާ ސައިކަލް ޕާކްކުރާތަނެއް ރެސްޓޯރެންޓަކާއެކު އަދި ތިރީގައި އަންހެނުންގެ މާރުކޭޓަކާއެކު ތަރައްޤީކުރުމުގެ ޚިޔާލާއި، އެހެން ބައެއް ބިންތަކުގައި ގާޑަން ޕްލާޒާ ކޮންސެޕްޓައް ވިޔަފާރީގެ ބޭނުމާއި އިޖްތިމާޢި ބޭނުން ހިފޭ ތަންތަން ތަރައްޤީކުރުމާއި، މަލްޓި ލޭޔަރ ކޮންސެޕްޓައް ބައެއް ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ ހިޔާލު ހުށަހެޅުއްވިއެވެ.

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ހިޔާލު ހޯދުމުގެ މާފަންނު ރައްޔިތުންގެ ބައްދަލުވުމުގައި މާފަންނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މަސައްކަތްތަކާބެހޭ ގޮތުންނާއި އަދި އެކިއެކި ކަންކަމާމެދު ދެކޭ ގޮތް ހުށަހެޅުއްވިއެވެ. މޭޔަރުގެ އިތުރުން މާފަންނު  މެދު ދާއިރާގެ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝް މި ބައްދަލުވުމުގައި ރައްޔިތުންނާ މުހާތަބްކުރެއްވިއެވެ. މި އޮގަސްޓް މަހުގެ 12 ވަނަ ދުވަހުގެރޭ ބޭއްވި މި ބައްދަލުވުން އޮތީ ތާޖުއްދީން ސްކޫލުގެ ހޯލުގައެވެ.

ބައްދަލުވުންތައް ތާވަލުކުރެވިފައިވާގޮތުން ދެން އެންމެ އަވަހަށް އޮންނާނީ ހެންވޭރު ބައްދަލުވުމެވެ. ހެންވޭރު ބައްދަލުވުން އޮންނާނީ 14 ވަނަ ދުވަހުގެރޭ 8:30 ގައި ކަލާފާނު ސްކޫލުގައެވެ. ހުޅުމާލޭ ބައްދަލުވުން އޮންނާނީ 21 ވަނަ ދުވަހުގެރޭ 8:30 ގައި ރެހެންދި ސްކޫލުގައެވެ.  އަދި މީގެ އިތުރުން 20 ވަނަ ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި މާލޭ ސިޓީއަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއް އެރޭ 8:30 އޮންނާނެއެވެ.

ރޭގެ ބައްދަލުވުމުގައި ކައުންސިލަރުންނާ، އަންހެނުންގެތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ، ސިޓީ ކައުންސިލްގެ ސެކްޝަންތަކުގެ ވެރިންނާ މުވައްޒަފުންބައިވެރިވެވަޑައިގަތެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް