ads
ރިތިކާއި ދީޕިކާ…
ރިތިކާއި ދީޕިކާ އެކުގައި ފެންނާނެ “ފައިޓާ” 2023 އަށް!
ބޮލީވިޑްގެ ފިލްމުތަކުން ބެލުންތެރިންގެ ލޯބި ހޯދާފައިވާ ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަން އާއި ދީޕިކާ ޕަދުކޯން އެކުގައި ކުޅެން ނިންމާފައިވާ “ފައިޓާ” ރިލީޒްކުރާ ތާރީހަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

ކުރިން އެ ފިލްމު އަންނަ އަހަރުގެ ސެޕްޓެމްބަރ 30 ގައި ސިނަމާތަކަށް އަންނާނެ ކަމަށް އަޑުތައް ފެތުރުނެވެ. އެހެން ނަމަވެސް މިހާރު އެ ފިލްމު އަޅުވަން ނިންމާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.

ކުޅަދާނަ ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޝަން ހަދަން ނިންމާފައިވާ "ފައިޓާ" އަކީ އޭރިއަލް އެކްޝަން ތުރިލާ އެކެވެ.

ފިލްމު ރިލީޒްކުރާ ތާރީހް ލަސްކުރި ސަބަބު ވެސް ހާމަކޮށްފައި ނުވާއިރު އެ ފިލްމުގެ ޝޫޓިން ވެސް އަދި ފަށާނެ ތާރީހެއް އިއުލާން ނުކުރެއެވެ.

ސިދާތު މިވަގުތު ޝާހްރުކް ޚާންގެ "ޕަތާން" ގެ މަސައްކަތުގައި އަވަދިނެތި އުޅެމުން އަންނަ އިރު "ފައިޓާ" މުހިއްމު ރޯލަކުން ޖޯން އަބްރަހަމް ވެސް ފެންނާނެ ކަމަށް ބޮލީވުޑްގެ ބައެއް ހަބަރު ތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

"ފައިޓާ" ވެގެންދާނީ ރިތިކް އާއި ދީޕިކާ ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް