ads
ފަތަން ދަސްކުރަމާ 2021 ގެ ބައިވެރިން ފޮޓޯ:--- ޕޮލިސް މީޑިއާ
ކުޑަކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ގަން ޕޮލިސް ސްޓޭޝަނުން ފަށައިފި
ކުޑަކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ފަށައިފި އެވެ.

ފުލުހުން ވިދާޅުވީ "ފަތަން ދަސްކުރަމާ 2021" ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ދަށުން ފެތުމުގެ ހުނަރުތަކުގެ އިތުރުން މޫދަށް އެރިއުޅުމުގައި ކަމެއް ދިމާވެއްޖެ ހާލަތުގައި އަމަލު ކުރާނެ ގޮތުގެ މައުލޫމާތާއި ތަމްރީނު ކުދިންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އަދި ހަމައެހެންމެ މި ޕްރޮގްރާމުގެ ދަށުން މޫދަށް އެރިއުޅުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައުލޫމާތުވެސް ކުދިންނާ ހިއްސާކުރާނެ ކަމަށް ފުލުހުން ވިދާޅުވި އެވެ. 

މި ޕްރޮގްރާމުގައި 9 އަހަރާއި 15 އަހަރާ ދެމެދުގެ 68 ކުދިން ބައިވެރިވެފައިވެއެވެ. އައްޑޫސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދު މި ތިން އަވަށުން ވެސް މި ޕްރޮގްރާމުގައި ކުދިން ބައިވެރިވެފައިވެއެވެ. 

އިއްޔެ ފެށި 10 ދުވަހުގެ މި ޕްރޮގުރާމުގައި ފަތަން ދަސްކޮށްދޭނީ ސެޓިފައިޑް އިންސްޓްރަކްޓަރުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް