ads
އަލްބޭނިއާގެ ބޮޑު ވަޒީރު އެޑިލް ރަމާ ރަމާ
މިތިބީ އަފްގާން ރެފިއުޖީން ބައިތިއްބަން ތައްޔާރަށް: އަލްބޭނިއާ، ކޮސޮވޯ
ޕްރިސްޓީނާ، އޮގަސްޓް 15 (ރޮއިޓާސް) އަފްގާނިސްތާނުގެ ރެފިއުޖީންގެ ތެރެއިން އެމެރިކާއަށް ގެންދަން ބޭނުންވާ މީހުންގެ ވިސާ ހަމަޖެހެންދެން އެމެރިކާގެ އެދުމުގެ މަތިން ވަގުތީގޮތުން އަލްބޭނިއާ އާއި ކޮސޮވޯގައި އެ މީހުން ބޭތިއްބުމަށް އެ ގައުމުތަކުން ނިންމައިފި އެވެ.

އަލްބޭނިއާގެ ވެރިރަށް ޓިރާނާގައި އެގައުމުގެ ބޮޑުވަޒީރު އެޑީ ރަމަ ރަމަ ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ވަނީ  އެގައުމުގެ ވިސާއަށް އެދޭ ގިނަ އަދަދެއްގެ ރެފިއުޖީންގެ ޓްރާންސިޓް ގައުމެއްގެ ގޮތުގައި ރެފިއުޖީން ބަލައިގަނެވޭނެތޯ އަހާފައިވާކަމަށެވެ. 

"އަހަރުމެން ނޫނެކޭ ނުބުނާނަން. ހަމައެކަނި އަހަރުމެންގެ އެންމެ ގާތް އެކުވެރިން ބުނީތީކީ ނޫން. އެއީ އަހަރުމެން މިއީ އަލްބޭނިއާއަށް ވީތީ،" ނޭޓޯ މެމްބަރެއްކަމަށްވާ އަލްބޭނިއާގެ ރައީސް ރަމަ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވިއެވެ.

ރޮއިޓާސް އިން ރިޕޯޓްކުރާ ގޮތުގައި ބައިޑެން ސަރުކާރުން ވަނީ ކޮސޮވޯ އަދި އަލްބޭނިއާ ފަދަ ގައުމުތަކާ އެކު އެމެރިކާ އާ ގާތް ގުޅުން އޮންނަ އަފްގާނުން ތާލިބާނުންގެ ބަދަލު ހިފުމަކުން ސަލާމަތް ކުރަން ވިސާ ހަމަޖެހެންދެން އެގައުމުތަކުގައި ބޭތިއްބުމަށް މަޝްވަރާކޮށްފައެވެ. 

ކޮސޮވޯގެ ރައީސް ޔޯޝާ އޮސްމާނީ ވިދާޅުވީ އޭނާގެ ސަރުކާރުން އެމެރިކާގެ އިދާރާތަކާއި ގުޅިގެން އަފްގާން ރެފިއުޖީން ބޭތިއްބުމާއި ގުޅޭގޮތުން ޖުލައި މަހުން ފެށިގެން މަޝްވަރާކުރެވެމުން އަންނަ ކަމަށެވެ. 

"އެއްވެސް ފަސްޖެހުމެއް ނެތި އަދި. ނުފޫޒެއް ނެތި އަހަރެން އެ އިންސާނީ އެހީތެރިކަމުގެ އޮޕަރޭޝަނަށް ހުއްދަ ދިނިން،" އޮސްމާނީ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވި އެވެ. 

އޮސްމާނީ ވިދާޅުވީ ރެފިއުޖީންނާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންތައް އެމެރިކާގެ ސަލާމާތީ އިދާރާތަކުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ރެފިއުޖީންނަށް އެމެރިކާގެ ވިސާ ހަމަޖެހެންދެން އެމީހުން ކޮސޮވޯގައި ތިބޭނެ ކަމަށް ރައީސް އޮސްމާނީ ވިދާޅުވި އެވެ.

ޔުގޯސްލެވް ސަލާމަތީ ބާރުތަކާ ދެކޮޅަށް ކޮސޮވޯއިން 1998- 1999 ގައި ކުރި ހަނގުރާމައަށް ފަހު އެތައް ސަތޭކަ އެމެރިކާގެ ސިފައިން ޕީސްކީޕަރުންގެ ނަމުގައި ކޮސޮވޯގައި ހަރަކާތްތެރިވަމުން ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް