ads
ރިތޭޝް އާއި ތަމަންނާ…
ރިތޭޝް އާއި ތަމަންނާގެ "ޕްލޭން އޭ ޕްލޭން ބީ" ނެޓްފްލިކްސް އަށް އަންނަނީ!
ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރިތޭޝް ދޭޝްމުކް އާއި ތަމަންނާ ބާޓިއާ ކުޅެފައިވާ ފިލްމު "ޕްލޭން އޭ ޕްލޭން ބީ" ނެޓްފްލިކްސް އިން ދައްކަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފިއެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ކުރިން އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމި ނަމަވެސް ކޮވިޑްގެ ހާލަތުގެ ސަބަބުން ސިނަމާތައް ބަންދުކޮށްފައި އަދިވެސް އޮންނާތީ ނެޓްފްލިކްސް ގައި ފިލްމު ދައްކާގޮތަށް ވަނީ ނިންމާފައެވެ. 

"ޕްލޭން އޭ ޕްލޭން ބީ" އަކީ ރިތޭޝް އާއި ތަމަންނާ އެކުގައި ލީޑު ރޯލުން ފެންނާނެ ފުރަތަމަ ފިލްމެވެ. ނަމަވެސް ކުރިން އެ ދެތަރިން އެއް ފިލްމެއް ގައި މަސައްކަތް ކޮށްފައިވެއެވެ.

އެ ފިލްމަކީ "ވީރޭ ޑި ވެޑިން" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން މޮޅު ޑައިރެކްޓަރު ޝަޝަންކް ގޯޝް ޑައިރެކްޓްކުރާ ރޮމޭންޓިކް ކޮމެޑީއެކެވެ.

ޝަޝަންކް މިހާރު އަންނަނީ ކާތިކް އަރްޔާން ލީޑު ރޯލަށް ލައިގެން "ފްރެޑީ" ކިޔާ ފިލްމެއް ހަދަމުންނެވެ. 

"ޕްލޭން އޭ ޕްލޭން ބީ" އަކީ ކުޅަދާނަ ލިޔުންތެރިޔާ ރަޖަތް އާރޯ ލިޔެ ޕްރޮޑިއުސްކުރާ އަލަތު ފިލްމުކަން ފާހަގަކޮށްލެވެއެވެ.

ރަޖަތު އަކީ "ކިކް" އާއި "ޑާޓީ ޕިކްޗާ" ފަދަ ކާމިޔާބު ފިލްމުތަކުގެ ރައިޓަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް