ads
ބީއެމްއެލް އެހީގައި ގެމަނަފުށީގައި ގާއިމްކުރި ބީޓެކް ކްލާސްރޫމް-
ބީއެމްއެލް އެހީގައި ގެމަނަފުށީގައި ބީޓެކް ކްލާސްރޫމެއް ގާއިމްކޮށްފި
ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ގއ.ގެމަނަފުށީ ސްކޫލުގައި ބީޓެކް ކްލާސްރޫމެއް ގާއިމްކޮށްފިއެވެ.
Advertisement

މި ކްލާސްރޫމު ފަރުމާ ކޮށްފައިވަނީ ދަރިވަރުންނަށް ހޮސްޕިޓާލިޓީ ސިނާޔަތުގެ މަސައްކަތްތައް ދަސްކުރުމުގައި އަމަލީ ތަޖުރިބާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ. ބީއެމްއެލްގެ ކޮމިއުނިޓީގެ ފަންޑުގެ އެހީ އާއެކު މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްކޮށްފައިވަނީ ދިވެހި މަސްވެރިންގެ ޖަމިއްޔާއިންނެވެ.

your imageބީއެމްއެލް އެހީގައި ގެމަނަފުށީގައި ގާއިމްކުރި ބީޓެކް ކްލާސްރޫމް-

މި ޕްރޮޖެކްޓްގެ ދަށުން ބީޓެކް ކިޔަވާ ދަރިވަރުންނަށް ހިދުމަތް ދިނުމުގެ ދާއިރާގެ މަސައްކަތްތައް އަމަލީ ގޮތުން ތަޖުރިބާ ކުރުމަށްޓަކައި ނަކަލު ކްލާސްރޫމެއް ވަނީ ތަރައްގީ ކުރެވިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. މި ކްލާސްރޫމުގެ އެހީގައި ހޮސްޕިޓަރލިޓީ ދާއިރާގައި މަސައްކަތައް ނުކުންނަ ދަރިވަރުންނަށް ކަސްޓަމަރުންނަށް ހިދުމަތް ދިނުމާއި، އެނދު އަޅާނެ ގޮތް ދަސްކުރުމާއި، ކެއްކުމުގެ އަސާސީ ހުނަރު ދަސްކުރުމުގެ އިތުރުން މި ގާއިމްކޮށްފައިވާ ސެޓަޕް ބަލަހައްޓާ ސާފުކޮށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

" މި ދާއިރާގެ މަސައްކަތައް ނުކުންނަ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމަކީ ވަރަށް މުހިންމުކަމެއް. ނަމަވެސް ރިސޯޓު ތަކުންނާއި ގެސްޓްހައުސްތަކުން މި ފުރުސަތު ހޯދުމަކީ ދަތިކަމެއް. މިހާރު މި ކްލާސްތައް ހިންގަމުންދަނީ މަހަކު އެއްފަހަރު. އަދި ދަރިވަރުން މި މަސައްކަތްތައް ދަސްކުރުމަށް ބޭނުންވާ ތަކެތި ހޯދަނީ އަމިއްލަޔަށްވެސްމެ. އެހެންކަމުން މި ޕްރޮޖެކްޓް ގެ އަމާޒަކަށްވީ ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކުރުމަށް ކްލާސްރޫމެއް ބިނާކޮށް މަސައްކަތް ތަޖުރިބާ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ ހުނަރު އިތުރުކުރުމާއި އެހީތެރިވުން." ޕްރޮޖެކްޓް ކާމިޔާބު ކުރި ދިވެހި މަސްވެރިންގެ ޖަމިިއްޔާގެ ރައީސް އަހުމަދު ޝާފިއު ވިދާޅުވިއެވެ

.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް