ads
އަފްގާން ސްޕޯކްސް ޕާސަން
ދެން އަފްގާނިސްތާނުގައި މަސްތުވާތަކެއްޗެއް ނުއުފައްދާނެ
ތާލިބާނުންގެ ވެރިކަމުގައި، އަފްގާނިސްތާނުގައި މަސްތުވާތަކެތި ނުއުފައްދާނެކަމަށް އެގައުމުގެ ސަރުކާރާ ހަވާލުވެގެން ތިބި ތާލިބާނުން ބުނެފިއެވެ.

އަފްގާނިސްތާނުގެ ސްޕޯކްސް ޕާސަން ޒަބީހުﷲމުޖާހިދު، ކާބުލްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެގައުމުގައި، ކުރިމަގުގައި އެއްވެސް ބާވަތެއްގެ މަސްތުވާތަކެއްޗެއް ސްމަގަލްކޮށް، ވިއްކާ ނެހެދޭނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެ ގައުމުގައި މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ގިނަވުމަކީ އޭނާ ވަރަށް ހިތާމަކުރާ ކަމެއްކަމަށެވެ. 

ތާލިބާނުންގެ އިސްލީޑަރުން ވަނީ އަފްގާނިސްތާނު ހިފުމަށް ފަހު، ބައިނަލް އަގުވާމީ މީޑިއާތަކާ ބައްދަލުކޮށްފައެވެ.

"މިގައުމަކު ޑްރަގް އުފެއްދުމެއް ނޯންނާނެ. ޑްރަގް ސްމަގްލިން އެއް ނޯންނާނެ. އަހަރެމެންނަށް ފެނޭ އަހަރެމެންގެ ޒުވާން ޖީލު ފާރުތައް ކައިރީ ޑްރަގްގެ ވަބާގައި ޖެހިފައި ތިބިތަން،" މުޖާހިދު ވިދާޅުވިއެވެ.

މުޖާހިދު ވިދާޅުވީ އޯޕިއަމް އެގައުމުގައި ނުއުފައްދާނެ ކަމަށާއި އެކަމަކު މިކަމަށްޓަކައި ބައިނަލް އަގުވާމީ އެހީތެރިކަން ބޭނުންވާ ކަމަށެވެ. މުޖާހިދު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އެންމެ ފަހުން ތާލިބާނުންގެ ބާރުގައި އަފްގާނިސްތާނު އޮތްއިރުވެސް އޯޕިއަމް އެގައުމުގައި އުފެއްދުން ސުމަކަށް ގެނެވުނެވެ. އެކަމަކު އޭގެފަހުން އޯޕިއަމް އުފެއްދުން އިތުރުވިކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. 

މީގެ 20 އަހަރުކުރިން 2000 ވަނައަހަރުގެ މެދުތެރޭގައި އެގައުމުން އެއްކޮށްހެން އޯޕިއަމް އުފެއްދުން ހުއްޓުމަކަށް ގެނައި ނަމަވެސް އޭގެކުރިން އޯޕިއަމް ހެއްދުން ހުއްދައެވެ. އަދި އެޖަމާއަތް ހިންގުމަށް އެއިން ފަންޑުވެސް ހޯދާފައިވެއެވެ.

އަފްގާނިސްތާނަކީ އޯޕިއަމްގެ، ދުނިޔޭގެ އެންމެބޮޑު ވަގުވިޔަފާރި ސަޕްލަޔަރެވެ. ތާލިބާނުންނަށް އެގައުމުގެ ކޮންޓްރޯލް ހިފެހެއްޓުނީ އެވިޔަފާރީގެ ސަބަބުން ކަމަށް ބައެއް ތަޖްރިބާކާރުން ބުނެއެވެ. އދގެ ބައެއް އޮފިޝަލުން ބުނާ ގޮތުގައި 2018ން 2019 އަށް މަސްތުވާތަކެތީގެ ވިޔަފާރިން ތާލިބާނުންނަށް 400 މިލިޔަނެއްހާ ޑޮލަރު ލިބިފައި އޮވެދާނެއެވެ. އެކަމަކު ބައެއް އޮފިޝަލުން އެކަން ދޮގު ކުރެއެވެ.

55%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް