ads
މެންބަރު ޔާސިރު--
ސައިކަލު ކަހާލައިގެން ވެއްޓި، މެމްބަރު ޔާސިރު އެކްސިޑެންޓުވެއްޖެ
ސައިކަލު ކަހާލައިގެން ވެއްޓި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފު އެކްސިޑެންޓުވެއްޖެ އެވެ.
Advertisement
ސައިކަލު ކަހާލައިގެން ވެއްޓި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފު އެކްސިޑެންޓުވެއްޖެ އެވެ.

މައުލޫމާތު ލިބުނު ގޮތުގައި އެއެކްސިޑެންޓު ހިނގާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި މާލެއިން ހުޅުމާލެއަށް ދިޔަ މަގުމަތީގައި ސައިކަލު ކަހާލައިގެން ވެއްޓިގެންނެވެ.

އެގޮތުން އެވަގުތު ވާރޭ ވެހެމުން ދިޔަ ކަމަށާއި މެންބަރު ޔާސިރުގެ ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން އައި ސައިކަލް ވެސް ކޮންޓުރޯލު ނުކުރެވި އޭނާގެ ގައިގައި އެ ސައިކަލުން ޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެ އެކްސިޑެންޓުގައި ޔާސިރަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެކަމާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް