ads
ސްމާޓް ސިޓީ: ދިރިއުޅުމަށް ހެޔޮ ބަދަލު ތަކެއް ގެނުވައިދޭ
ސްމާޓް ސިޓީގެ މާނަ އަކީ ކޮބާ؟
ސްމާޓް ސިޓީއަކީ ފިސިކަލް އިންފްރާސްޓްރަކްޗަރ އާއިއެކު މައުލޫމާތު ނަގައިގަނެ ހިއްސާ ކުރެވޭ ވަސީލަތްތަކެއް ގާއިމް ވެފައިވާ ތަނެއް ނުވަތަ މުޖުތަމައުއެކެވެ. ނަމަވެސް ޓެކްނޮލޮޖީގެ ކުރިއެރުންތައް ފިޔަވާ ސްމާޓް ސިޓީގެ ބޭނުމަކީ ކޮބާތޯ؟ އިންސާނީ ނަޒަރަކުން ބަލާ ނަމަ ސްމާޓް ސިޓީގެ މާނައަކީ ކޮބައިތޯ؟

ސްމާޓް ސިޓީއަކީ ފިސިކަލް އިންފްރާސްޓްރަކްޗަރ އާއިއެކު މައުލޫމާތު ނަގައިގަނެ ހިއްސާ ކުރެވޭ ވަސީލަތްތަކެއް ގާއިމް ވެފައިވާ ތަނެއް ނުވަތަ މުޖުތަމައުއެކެވެ. ނަމަވެސް ޓެކްނޮލޮޖީގެ ކުރިއެރުންތައް ފިޔަވާ ސްމާޓް ސިޓީގެ ބޭނުމަކީ ކޮބާތޯ؟ އިންސާނީ ނަޒަރަކުން ބަލާ ނަމަ ސްމާޓް ސިޓީގެ މާނައަކީ ކޮބައިތޯ؟

އިންސާނުންނަށް އައު އީޖާދުތައް މުހިންމުވަނީ ކިހިނެއްތޯ ބަލާލާއިރު ދިރިއުޅުމުގެ ހުރިހާ މައްސަލަތަކެއް ހައްލު ކުރެވިފައިވަނީ އައު އީޖާގު ތަކުގެ އެހީގައެވެ. ކަރަންޓާއި އަލިކަން، ޓީވީ އަދި ސްމާޓްފޯނާއި ގޭގައި ބޭނުންކުރާ ސާމާނަކީ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ފަސޭހަކޮށްދީފައިވާ އީޖާދުކެވެ. އަދި މިއިން ކޮންމެ އެއްޗަކީ ޒާމާނާއިއެކު ކުރިއަރަމުން ތަރައްގީވަމުން އައިސްފަވާ ތަކެއްޗެވެ. ޓެކްނޮލޮޖީ ކުރިއަރަމުންދާ ވަރަށް ގެންގުޅޭ ވަސީލަތްތައްވެސް އަންނަނީ ބަދަލުވަމުންނެވެ، އެޒަމާނެއްގައި ކުރިމަތިވާ ދަތިތަކަށް ހައްލު ލިބޭނެ ފަދައިންނެވެ.

your imageޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ހެޔޮ ބަދަލުތަކެއް ގެނެވޭ

އެޗްޑީސީއިން ދެކޭ ގޮތުގައި ސްމާޓް ސިޓީއަކީ ޓެކްނޮލޮޖީއަށްވުރެން އެތަނެއްގައި ދިރިއުޅޭ މީހުންގެ ތަރައްގީއާއި ގުޅިފަވާ ކަމެކެވެ. ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ އަކީ ފިސިކަލް ނެޓްވަރކްއެކުވެ. ނަމަވެސް މި ނެޓްވަރކްގެ ސަބަބުން ރައްވެހިންގެ ދިރިއުޅުމާއި ގުޅުންހުރި ކަންކަމުގައި ގިނަ ޓެކްނޮލޮޖީއާއި އީޖާދުތަކަށް މަގުފަހިވާނެއެވެ. ގިނަ މަދަނީ އިޖުތިމާއީ އަދި ތިމާވެށީގެ މައްސަލަތަކަށް ހައްލުލިބިގެންދާފަދަ އީޖާދުތައް ތައާރަފްވެ ދިރިއުޅުން ފަސޭހަވާނެއެވެ. 

ސިޓީއެއްގެ އެންމެ މުހިންމު ފަންކްޝަންއަކީ އެތަނެއްގައި އުޅޭ މީހުންނަށް ދުޅަހެޔޮ ރަނގަޅު މާހައުލެއް ފޯރުކޮއްދިނުމެވެ. ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރއެއް އުފެއްދުމާއިއެކު 21 ވަނަ ގަރުނުގެ ދެމެހެއްޓެނިވި ސިޓީއެއް ގާއިމް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ. ކާބަން އެމިޝަން މަދުކުރުމާ، ގުދުރަތީ  އަދި ތާރީހީ ތަރިކަ ރައްކާތެރިކުރުމާ ގިނަ ވަޒީފާ އުފެއްދުމާއެކު މުޖުތަމައުގެ ގިނަ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތައް ރަނގަޅު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރގެ އެންމެ މުހިންމު އެއް ބޭނުމަކީ ބަދަހި މުޖުތަމައުއެއް އުފެއްދުމެވެ. ބަދަހި މުޖުތަމައުއެއްގައި ރައްވެހިންގެ މަދަނީ ބައިވެރިވުން އިތުރުވެ ދައުލަތާއި ރައްވެހިން ގުޅިގެން ޒަމާންވީ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރެވޭނެއެވެ.

ޓެކްނޮލޮޖީގެ ނަޒަރަކުން ބަލާނަމަ ދައުލަތުގެ މުއައްސަސާތަކާއި ހިންގުމުގައި ޓެކްނޮލޮޖީއާއި އައު އީޖާދުތައް ބޭނުންކޮށްގެން މައުލޫމާތު އެއްކުރުމާއި ހިދުމަތް ދިނުން ބަދަލު ވެގެން ދިޔުމުން އިޖުރާއަތްތަކާއި ސިޔާސަތުތައް ކަނޑައެލުޅުމުގައި ރައްވެހިންނަށް ފައިދާހުރި ފަސޭހަ ބަދަލުތަކެއް ގެނެވިގެންދާނެއެވެ. މިސާލަކަށް ސިޓީގެ ވަކި ސަރަހައްދުތަކެއް ވަކި ގަޑިތަކެއްގައި ތޮއްޖެހި ޓްރެފިކް ބުރުއަރާނަމަ ޓްރެފިކް މެނޭޖްމަންޓް ސިސްޓަމް ތަކުގެ އެހީގައި މައްސަލަތަކަށް ދިގު ރާސްތާ ހައްލުތައް ދެނެގަނެވޭނެއެވެ. އަދި ކުރިމަގުގައި ތަރައްގީކުރާ އެހެން ސިޓީތަކުގައި މިމައުލޫމާތުގެ އަލީގައި ޓްރެފިކް މެނޭޖްކުރުމަށް ހަރުދަނާ ސިސްޓަމްތަކެއް ގާއިމް ކުރެވޭނެއެވެ.

ގްރޭޓަރ މާލެ އޭރިއާއަކީ ވަރަށް ގިނަ އިޖުތިމާއީ އިގުތިސާދީ އަދި ސިޔާސީ މައްސަލަތަކެއް ހުރިތަނެއް ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ލިބޭ އާމްދަނީ ކުޑަކަމާއި ވަޒީފާއާއި ކުރިއެރުމުގެ ފުރުސަތުތައް މަދުވެފައި ކުލީގެ ގޮތުގައި ތަނާއި ނުބައްދަލު އަދަދުތައް ދައްކަން ޖެހުމަކީ އެންމެ އާންމު މައްސަލަތަކެވެ. ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ އެއް އުފެދުމާއިއެކު އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް މަގުފަހި ވާނެއެވެ. އައު ދާއިރާތަކުން ކުރިއެރުން ލިބި ފުރުސަތުތައް ގިނަވާނެއެވެ. މަސައްކަތުގެ ދާއިރާ ތަކުން ލިބޭ ކުރިއެރުމާއެކު ދިރިއުޅުމަށް ލުއިތަކެއް ލިބިގެންދާނެއެވެ. އަދި ހަމަ އެއާއެކު ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ ދުޅަހެޔޮ އުފާވެރި މުޖުތަމައުއެއް އުފެދޭނެއެވެ.

މިސާލެއް ނަގަމާ ހިނގާށެވެ. ތިން ފިހާރަ ހިންގާ މީހަކު ތިން ތަނުގެ ވިޔަފާރި ހިނގާގޮތް ބަލާލަން ބޭނުންވެއްޖެ ނަމަ ސްމާޓްފޯނުގެ އެޕްލިކޭޝަންއެއްގެ ޒަރީއާއިން ސްޓޮކް ގުނާލާ، ސޭލްސް ރިކޯޑްތައް ބަލާލާ މުއައްޒަފުންގެ މަސައްކަތާ ގަޑިތައް ބަލާލެވޭނެއެވެ. މިފަދަ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް ފަސޭހަކަމާއިއެކު ކުރެވެން ފެށުމުން ދިރިއުޅުމާއި މަސައްކަތުގެ ގިނަ ކަންތައްތައް ވަރަށް ފަސޭހަވެގެންދާނެއެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގިނަ މަސައްކަތްތައް ނިންމާލެވި ވަގުތު ސަލާމަތްވާނެއެވެ.

ސްމާޓް ސިޓީއަކީ ހަމައެކަނި ވަސީލަތްތަކާއި ގުޅިފަވުމެއް ނޫނެވެ. ސްމާޓް ސިޓީއަކީ ސިޓީގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކޮއްދޭނެ ތަނެކެވެ. ޒަމާންވީ ދަތިތަކާ މައްސަލަތަކަށް ހައްލު ލިބެން ފެށުމުން ހިތްހަމަޖައްސާލަން ލިބޭ ވަގުތާއި ފުރުސަތުތައް ގިނަވެ އުފާވެރި މުޖުތަމައުއެއް އުފެދޭނެއެވެ.

އެޗްޑީސީގެ އެންމެ ބޮޑު އުންމީދަކީ ސްމާޓް ސިޓީ ވިއުގައިގެ އެހީގައި ގްރޭޓަރ މާލެ ސަރަހައްދުގައި އަމާންކަންމަތީ ދިއިރުޅެވޭނެ އުފާވެރި ތަނަކަށް ހެދުމެވެ. އެ ކުންފުނިން ގަބޫލުކުރާގޮތުގައި މި ސަރަހައްދުގައި ދިއިރުޅޭ ފަރާތްތަކުށް ދިމާވެފައިވާ ދަތިތަކަކީ ކޮބައިކަން ދެނެގަނެ ސަރުކާރާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން ރައްޔިތުންގެ ވެސް ބައިވެރިވުމާ އެކީ މިއީ ހަގީގަތަކަށް ހެދިދާނެ ކަމެކެވެ.  

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް