ads
ފުލުހުން އަތުލައިގަތް ދޯންޏަކުން ފެނުނު މިޔަރު އުރަހަތަކެއް -- ފޮޓޯ: ޕޮލިސް
ފިހާރަތަކުގައި މުރަކައާއި މިޔަރުގެ ބާވަތެއް ވިއްކުމަކީ މަނާކަމެއް: މިނިސްޓްރީ
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގައި މަނާކޮށްފައިވާ ބައެއް ތަކެތި ނަގައިގެން، ވިޔަފާރި ކުރަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށާއި އެއީ މަނާކަމެއް ކަމަަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ގަވައިދުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ހިފުމާއި، ނެގުމާއި، މެރުމާއި، ބޭނުން ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި އެބާވަތްތަކުން އުފައްދާފައިވާ ތަކެތި ވިޔަފާރީގެ އުސޫލުން ވިއްކަމުން ގެންދިއުމާއި އަދި ވިޔަފާރި ކުރާތަންތަނުގައި ޑިސްޕްލޭކޮށްފައި ބަހައްޓާފައި ހުންނަކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށާއި، މަސްވެރިކަމުގެ އާންމު ގަވާއިދުގެ ޖަދުވަލު 2 ގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތަކާއި، އެކްސްޕޯޓު އިމްޕޯޓުކުރުން މަނާ ބާވަތްތަކުގެ ތެރޭގައި ހިމަނާފައިވާ ބާވަތްތަކާއި އެ ބާވަތްތަކުގެ ބައިތަކުން ހަދައިފައިވާ ތަކެތިން ވިޔަފާރި ކުރުމާއި، ވިޔަފާރިކުރާ ތަނެއްގައި ނުވަތަ އާންމު ތަނެއްގައި ޑިސްޕްލޭކޮށްފައި ބެހެއްޓުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން (ބ)ގެ ދަށުން، 1 ޖަނަވަރީ 2020 އިން ފެށިގެން މަނާކަމެއް ކަމަށެވެ.

މިގޮތުން މަނާކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މިޔަރާއި މިޔަރުގެ ބާވަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުންތަކާއި، މުރަކަ އާއި މުރަކަ ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުންތައް މަދުންނަމަވެސް ފިހާރަތަކުގައި ވިއްކުމަށްޓަކައި ޑިސްޕްލޭ ކޮށްފައި ހުންނަ ކަން ފާހަގަކޮށް މިނިސްޓްރީން ވަނީ މިކަމަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުން މަނާކަމެއްކަމަށް އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ގަވައިދުތަކުގައި ކަނޑައަޅައިފައިވާ ފިޔަވާޅުތަކުގެ މަޤްޞަދަކީ ޖުމްލަގޮތެއްގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ލާބަޔާއި މަންފާއަށްޓަކައި ކަނޑައެޅިފައިވާ ފިޔަވަޅުތަކެއް ކަމުގައިވާތީ، އެންމެހައި ފަރާތްތަކުން ވެސް އެ ފިޔަވަޅުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. 

އެ ގާނޫނާ ހިލާފުވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި އެގަނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް