ads
ކުޅުދުއްފުށީގައި ސޯލަރ ހަރުކުރަނީ.. ފޮޓޯ/ފެނަކަ
ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރުގައި ސޯލާ ހަރުކުރަން ފަށައިފި
ހދ. ކުޅުދުއްފުޓާއި ހދ. ނޮޅިވަރަން ފަރުގައި ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވޮލޮޕްމެންޓު( ޕޮއިސްޓު ) ޕްރޮޖެކްޓުގެ ދަށުން ސޯލާ ޕީވީ ހަރުކުރުރަން ފަށައިފިއެވެ.

އޭޝިއަން ޑިޕޮވޮލޮޕްމެންޓު ބޭންކްގެ އެހީއާއެކު ހިންގާ ޕޮއިސްޓު ޕްރޮޖެކްޓަކީ ފެނަކަ ކޯޕަރޭޝަން އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓު ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ. 

މި ޕްރޮޖެކްޓަށް ފަންޑު ކުރަނީ އޭޑީބީ އިންނެވެ. ޕޮއިސްޓް ޕްރޮޖެކްޓުގެ ދަށުން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 3.5 މެގަވޯޓްގެ ސޯލާ ޕީވީ ހަރުކުރެވޭނެއެވެ. 

ފެނަކާއިން މައުލޫމާތު ދެއްވި ގޮތުގައި ހދ. ކުޅުދުއްފުޓާއި ހދ. ނޮޅިވަރަންފަރުގައި މި ހިންގާ ޕްރޮޖެކްޓްގެ މަގްސަދަކީ ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ބަރޯސާ ވުން މަދުކޮށް އިއާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓު އުފެއްދުމެވެ. 

ކުޅުދުއްފުށީގައި މި މިޕްރޮޖެކްޓުގެ ދަށުން 800 ކިލޯ ވޯޓްގެ ސޯލާ ޕީވީ ހަރުކުރާއިރު ނޮޅިވަރަންފަރުގައި 249 ކިލޯ ވޯޓްގެ ސޯލާ ޕީވީ ހަރުކުރާނެއެވެ.

your imageނޮޅިވަރަންފަރު ގައި ސޯލަރ ހަރުކުރަނީ… ފޮޓޯ/ފެނަކަ

ފެނަކައިން ބުނީ ކުޅުދުއްފުށީގައި ހިންގާ ޕްރެޖެކްޓް ސަބަބުން  ފެނައިގެ ތެލުގެ ހަރަދުން އަހަރަކު 3,000,000 ރުފިޔާ ސަލާމަތް ވާނެ ކަމަށެވެ. އަދި  ޖައްވަށްބޭރު ކުރާ ވިހަ ގޭހެއް ކަމަށްވާ ކާބަންޑައިއޮކްސައިޑްގެ މިންވަރު އަހަރަކު 1056 ޓަނު މަދު ވެގެންދާނެ ކަމަށެވެ.

އިތުރަށް ފެނަކައިން ބުނީ ނޮޅިވަރަންފަރުގައި ހިންގާ ޕްރެޖެކްޓް ސަބަބުން  ފެނައިގެ ތެލުގެ ހަރަދުން އަހަރަކު 946,200 ރުފިޔާ ސަލާމަތް ވާނެ ކަމަށެވެ. އަދި  ޖައްވަށް ބޭރު ކުރާ ވިހަގޭހެއް ކަމަށްވާ ކާބަންޑައިއޮކްސައިޑްގެ މިންވަރު އަހަރަކު 328.68 ޓަނު މަދު ވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން އަންނަނީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފެނަކައިގެ އަމާޒަކީ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށްފެނަކައިގެ އިންޖީނު ގެތަކުން އުފައްދާ ކަރަންޓުގެ 70 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް