ads
އައްޑޫ ފްލޫ ކްލިނިކް- ފޮޓޯ: އޭއީއެޗް
އައްޑޫގައި ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް ޖެހިގެން މަރުވެއްޖެ
އައްޑޫ ސިޓީން ކޮވިޑް19 ޖެހިގެން ތިން ވަނަ މީހަކު މަރުވެއްޖެ އެވެ.

މިއަދު މި ބަލީގައި މަރުވެފައިވަނީ އުމުރުން 92 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއަދު މަރުވި މީހާއަކީ ކަރަންޓީނުގައި ހުރި މީހެކެވެ. އޭނާގެ ހާލު ދެރަވެގެން ކޮވިޑް މެޑިކަލް ފެސިލިޓީއަށް ގެންދިއައީ މިއަދު ހެނދުނު 7:20 ހާއިރު އެވެ. 

މި މަރާއެކު ރާއްޖެއިން ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 224 އަށް އަރާފައެވެ. 

ކޮވިޑުގައި މީހަކު މަރުނުވާތާ 19 ދުވަހަސް އިއްޔެ ވެސް ވަނީ ރާއްޖޭގައި މީހަކު މަރުވެފަ އެވެ. އެއީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެ ކެވެ. އޭނާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ އަންނަނިކޮށެވެ.

މިވަގުތު އައްޑޫގައި ކޮވިޑް19 ގެ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އެ ސިޓީގައި މިވަގުތު ބަލީގެ 146 އެކްޓިވް ކޭސް އެބަތިއްބެވެ. އިއްޔެވެސް އައްޑޫއިން 10 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. 

އައްޑޫގައި ކޮވިޑް ފެތުރެމުން އަންނަ އިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި އަތޮޅުތެރޭގެ ރަށްތަކުން އިތުރު 56 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، އިއްޔެ ވަނީ 5،673 ސާމްޕަލް ޓެސްޓު ކޮށްފައެވެ. އޭގެތެރެއިން މުޅި ރާއްޖެއިން އިއްޔެ 95 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

އަތޮޅުތެރެއިން އިއްޔެ 56 މީހުން ޕޮޒިޓިވްވިއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 26 މީހުންނެވެ. ރިސޯޓްތަކުން ޕޮޒިޓިވްވެފައިވަނީ ވަނީ 13 މީހުންނެވެ. 

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 79،959 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 78،076 އަށް އަރާފައިވާއިރު، މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 16 އެވެ. 

މިވަގުތު ރާއްޖޭގައި ބަލިޖެހިފައިވާ 1648 މީހުން ތިބިއިރު ގިނަ ދުވަސްތަކަކަށް ފަހު މިއަދު ކޮވިޑްގައި މީހަކު ވަނީ މަރުވެފައެވެ. 

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދަނީ ކޮންްޓްރޯލްވަމުން ކަމަށް ބަލައި، މިހާރު ވަނީ ގިނަ ފިޔަވަޅުތަކަކުން ލުއިތައް ދީފައެވެ. އެެހެންނަމަވެސް ސެޕްޓެމްބަރުން ފެށިގެން ވެކްސިން ނުޖަހާ ފަރާތްތަކަށް އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަކުރާނެކަން އެޗްޕީއޭއިން މިހާރު ވަނީ އަންގާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް