ads
މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖެ އައިސްފިނަމަ ގެއްލުންދޭނެ ކަމަށް ބުނެ މަރުގެ އިންޒާރުދިން މައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ.

ސޯޝަލް މީޑިއާ ޕްލެޓުފޯމެއްގައި ރައީސް ނަޝީދަށް އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވަނީ ރ. އަތޮޅު މީދޫއިންނެވެ. 

ފުލުހުން ވިދާޅުވީ ރައީސް ނަޝީދަށް އިންޒާރުދިން މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ރ. މީދޫއިން، 40 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.  

ނިޒާމީ ވޯޓަކީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫންކަމަށް ބުނެ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް މިއަދު ސޯޝަލް މީޑިއާގައި ރައީސް ނަޝީދު ހިއްސާކޮށްފައިވާ ޕޯސްޓަކަށް ކޮމެންޓުކޮށް މީހަކު އިންޒާރު ދިން މައްސަލައެއް މިއަދު ވަނީ ފެންމަތިވެފައެވެ. 

އެމައްސަލަ ފެންމަތިވެ، އާއްމުވެފައިވާ ކޮމެންޓް ސެކްޝަންގެ ފޮޓޯތަކުން ފެންނަގޮތުން އެ ކޮމެންޓުގައި އެމީހާ ވަނީ ރައީސް ނަޝީދު އަބުރާ ރާއްޖެ އައިސްފިނަ އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދީފައެވެ. 

"ދެން ރާއްޖެ އައިސްފިނަ ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދިގޮތް ހާދާނަން" އެ ކޮމެންޓުގައި ބުނެފައިވެއެެވެ.

އަދި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މީހަކު ކޮށްފައިވާ ކޮމެންޓަކަށްވެސް އޭނާ ވަނީ ފަހުން ރިޕްލައިކޮށް ހައެއް މެއި ގައި އެތަން ފެނުނުކަމަށާއި، ދެން ފަހަރަކުން އެއަށްވުރެ ހިތިވާނެ ކަމަށް ބުނެ ކޮމެންޓުކޮށްފައެވެ. އެކޮމެންޓުތަކުގައި ކަޅުދިދައަކާއި ކަނޑީގެ އިމޯޖީއެއް ވެސް ހިމަނާފައިވެެއެވެ. 

މިފަދަ ގޮތަކަށް ފާޅުކަން ބޮޑުކޮށް މީހަކު އިންޒާރު ދީފައިވާތީ އެމްޑީޕީ މެމްބަރުންވެސް ވަނީ އެމައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ގޮވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް