ads
ނަޝީދަށް އިންޒާރުދިން މީހާ ފޮޓޯ:---
ރައީސް ނަޝީދަށް އިންޒާރުދިން މީހާގެ ބަންދަށް 15 ދުވަސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ އައިސްފިނަމަ ގެއްލުންދޭނެ ކަމަށް ބުނެ މަރުގެ އިންޒާރުދިން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން ވިދާޅުވީ އިންޒާރުދިން މައްސަލާގައި ހައްޔަރު ކުރި މީހާ އުންގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑުމާއި ގުޅިގެން އިތުރު 15 ދުވަހުގެ ޖަލު ހުކުމެއް ވެސް ކޮށްފައިވެއެވެ. 

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ. މި މީހާ ހައްޔަރު ކުރީ ރ. މީދޫ އިންނެވެ. 

ނިޒާމީ ވޯޓަކީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫންކަމަށް ބުނެ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް މިއަދު ސޯޝަލް މީޑިއާގައި ރައީސް ނަޝީދު ހިއްސާކޮށްފައިވާ ޕޯސްޓަކަށް ކޮމެންޓުކޮށް މީހަކު އިންޒާރު ދިން މައްސަލައެއް މިއަދު ވަނީ ފެންމަތިވެފައެވެ. 

އެމައްސަލަ ފެންމަތިވެ، އާއްމުވެފައިވާ ކޮމެންޓް ސެކްޝަންގެ ފޮޓޯތަކުން ފެންނަގޮތުން އެ ކޮމެންޓުގައި އެމީހާ ވަނީ ރައީސް ނަޝީދު އަބުރާ ރާއްޖެ އައިސްފިނަ އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދީފައެވެ. 

"ދެން ރާއްޖެ އައިސްފިނަ ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދިގޮތް ހާދާނަން" އެ ކޮމެންޓުގައި ބުނެފައިވެއެެވެ.

އަދި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މީހަކު ކޮށްފައިވާ ކޮމެންޓަކަށްވެސް އޭނާ ވަނީ ފަހުން ރިޕްލައިކޮށް ހައެއް މެއި ގައި އެތަން ފެނުނުކަމަށާއި، ދެން ފަހަރަކުން އެއަށްވުރެ ހިތިވާނެ ކަމަށް ބުނެ ކޮމެންޓުކޮށްފައެވެ. އެކޮމެންޓުތަކުގައި ކަޅުދިދައަކާއި ކަނޑީގެ އިމޯޖީއެއް ވެސް ހިމަނާފައިވެެއެވެ. 

މިފަދަ ގޮތަކަށް ފާޅުކަން ބޮޑުކޮށް މީހަކު އިންޒާރު ދީފައިވާތީ އެމްޑީޕީ މެމްބަރުންވެސް ވަނީ އެމައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ގޮވާލާފައެވެ..

މެއި ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓު ހަމަލާއަށްފަހު ލިބުނު ޒަހަމުތަކަށް އޭޑީކޭގައި ފަރުވާ ހޯދުމަށްފަހު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އެކަށީގެންވާ ރައްކާތެރިކަމެއް ނެތްކަމަށް ބުނެ ރައީސް ނަޝީދު އަދިވެސް ހުންނެވީ ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެވަޑައިގަންފައެެވެ.

ރާއްޖެ އައިސްފިނަމަ އަލުން ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރު ދީފައި މިވަނީ، އަދިވެސް އެފަދަ ހަމަލާއެއް އައިސްދާނެ ކަމުގެ ބިރުވެރިކަން އެބައޮތްކަމަށް ވިދާޅުވެ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަވަހަށް ވަރަށް ގިނަ ބަަޔަކު ހައްުޔަރުކުރަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އެމަނުކުފާނު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ދޭ ގަރާރެއް ވެސް ގައުމީ މަޖިލީހަށް ހުށަހަޅާ އެ ފާސްކޮށްފައެވެ. ނަމަވެސް އެކަމާއި ބެހޭގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ވިދާޅުވެފައެއްް ނުވެއެވެ.  

އަދި މަޖިލީހުގެ 241 ކޮމިޓީން ތައްޔާރު ކުރި އިންކުއަރީ ރިޕޯޓުން ފާހަނގަވި ކަންކަން ރަނގަޅުކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަން ކަށަވަރު ކުރުމަކާނުލާ ނަޝީދު އެނބުރި ރާއްޖެ އައުމަކީ ރުހޭ އަދި އެދޭކަމެއް ވެސް ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަން، ހަސަން ލަތީފު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. 

މަޖިލީހުގެ 241 ކޮމިޓީން މިމަހުގެ އަށްވަނަދުވަހު ނެރުނު ގާތްގަނޑަކަށް 270 ގަނޑުގެ ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ހިމަނާފައިވެއެވެ. އެގޮތުން މެއި މަހުގެ ތެރޭގައި ހަމަލާ ދީފައިވަނީވެސް އެތަށް އިންޒާރުތަކެއް ލިބުމަށްފަހުން ކަމަށްވާއިރު، އެއިންޒާރުތަކަށް އިދާާރާތަކުން މާބޮޑު އަހުމިއްޔަތުކަމެއް ދީފައި ނުވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

2021 ވަނަ އަހަރުގެ މެއި މަހުގެ ތިންވަނަ ދުވަހުގެ ރޭ، އާންމުންގެ މީހެއްގެ ފަރާތުން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމުން އެވާހަކަ މިނިސްޓަރު މާރިޔާ އަރިހުގައި މެއި މަހުގެ ހަތަރުވަނަ ދުވަހު ހިއްސާކޮށްފަ ވަނިކޮށް ފިޔަވަޅެއް ނާޅާ އޮއްވާ ރައީސް ނަޝީދަށް ޓާގެޓުކޮށް ހަަމަލާދިނީ އޭގެ ދެދުވަސް ފަހުން މެއި މަހުގެ ހަވަނަ ދުވަހު އެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް