ads
ވެސްޓްމް ގެ ހަމަލާ އެއްގެ ތެރެއިން
ވެސްޓްހަމްގެ ފެށުން މިފަހަރުވެސް ވަރަށް ތަފާތު
ޕްރިމިއަ ލީގުގައި ރޭ ކުޅުނު މެޗުން މޮޅުވެ ވެސްޓްހަމް އިން ޕްރިމިއަ ލީގު ޕޮއިންޓް ޓޭބަލްގެ އެއް ވަނައަށް އަރައިފިއެވެ.

ރޭ ލެސްޓަ ސިޓީ އަދި އެސްޓްހަމް އިން ބައއްދަލު ކުރި މެޗް ވެސްޓްހަމްއިން ކާމިޔާބު ކޮށްފައިވަނީ 4-1 ގެ ތަފާތަކުންނެވެ. މި މެޗުން މޮޅުވުމާ އެކު ޓޭބަލްގެ އެއް ވަނައަށް އެރި ވެސްޓްހަމްގެ މިޝޭލް އެނޓޯނިއޯ ވަނީ މޮޅު ކުޅުމެއް ދައްކާ މެޗުގެ ފަހުކޮޅުގައި ދެ ގޯލު ކާމިޔާބުކޮށްދިފަ އެވެ އަދި މގެ އިތުރުން  މެޗުގައި ބެންޙަރްމާ 56 ވަނަ މިނެޓްގައި ކާމިޔާބު ކުރި ގޯލުގައި ވެސް މުހިންންމު ދައުރެއް އޭނާ އަދާ ކޮށްފައެވެ.

ރޭ ވެސްޓް ހަމްގެ ގޯލުތައް, އެންޓޯނިއޯގެ އިތުރުން ކާމިޔާބުކޮށްފައި ވަނީ ޕަބްލޯ ފޮނަލްސް އާއޖ ބެންހަރްމާ އެވެ.

ރޭގެ މެޗަށް ފަހު ވެސްޓހަމް ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެންޓޯނިއޯއަށް ތައުރީފުގެ ބަސްތައް އޮއްސަމުނެވެ

your imageވެސްޓހަމް އެންޓޯނިއޯގެ 2 ވަނަ ގޯލް ސެލަބްރޭޝަން ގެ ތެރެއިން

ނިމިދިޔަ ސީޒަނުގައި ޕްރިމިއަ ލީގުގައި ފާހަގަ ކޮށްލެވޭ ޓީމުތަކާ ދެކޮޅަށް އެސްޓްހަމް އިން ވަނީ ހައިރާން ކުރުވަނިވި ނަތީޖާ ތަކެއް ނެރެފައެވެ. އޭގެ ތެރެއިން ވެސް ޓޮޓެންހަމް އާ ދެކޮޅަށް ދެއްކި ކުޅުން ފާހަގަ ކޮށްލެވެއެވެ.

ނިމިދިޔަ އަހަރު ވެސްޓްހަމް އިން ވަނީ ޔޫރޮޕާ ލީގުން ވެސް ޖާގަ ހޯދާފައެވެ. ނަމަވެސް މި އަހަރުގެ ސީޒަން އެސްޓްހަމް އިން ފެށީ އެޓީމަށް މިދިޔަ އަހަރުގެ އެ ކާމިޔާބީ ހޯދުމަށް އެންމެ ބޯޑަށް އެހީތެރިވެދިން ފޯވާޑް ޖެސީ ލިންގާޑް އާ ނުލަ އެވެ. އޭނާ ވަނީ އޭނާގެ ކުރީގެ ކުލަބް މެންޗެސްޓާ ޔުނައިޓަޑްއަށް ބަދަލުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް