ads
އެވިޑްގެ ޑީންގެ މަގާމަށް އަޝްރަފް ހަމަޖެއްސުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން.. ފޮޓޯ/އެވިޑް ކޮލެޖް
އެވިޑް ކޮލެޖްގެ މަތީ މަގާމަކަށް އަޝްރަފް!
އެވިޑް ކޮލެޖްގެ މަތީ މަގާމަކަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސްކަން ކުރެއްވި އަޝްރަފް އަލީ ހަމަޖައްސަވައިފިއެވެ.

އަޝްރަފް މަތިކުރައްވާފައިވަނީ އެ ކޮލެޖުން އަލަށް އުފެއްދި އާޓްސް އެންޑް ލިޓްރޭޗަ ފެކަލްޓީގެ ޑީންގެ މަގާމު އެވެ.

އަޝްރަފް އެ މަގާމަށް އައްޔަން ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑީންގެ ލިޔުން ހަވާލުކޮށް ދެއްވީ އެ ކޮލެޖްގެ ޗެއާމަން އަބްދުالله މުސްތާގް ރަޝާދު އެވެ.

މަގާމާއި ހަވާލުވެ ވަޑައިގެންނެވި ކަން ހާމަކުރައްވާ އަޝްރަފް ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ލަޔާގަތާއި ފަންނާއި އިލްމު ތަންދިން އެންމެ މަތީ ދަރަޖައެއްގައި ހިފާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން ހަވާލުވެވަޑައިގެން މަސްއޫލިއްޔަތުގެ ދަށުން އިލްމީ ފަންނުތަކާއި ފަންނީ ހުނަރުތަކާއި ދިވެހިބަހާއި ބަހަވީ ސިންދަފާތާއި އަދަބިއްޔާތާއި އަދަބީ ސިންދަތަފާތުގެ އެކި  ދާއިރާތަކާއި ރޮނގުތަކުން ދިވެހިން ބިނާކުރުމުގެ މަސައްކަތް ކުރެވޭތޯ ހިތްވަކުރައްވާނެ ކަމަށް ވެސް އަޝްރަފްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެެވެ.

އަޝްރަފް އަކީ ދިވެހި ބަހުގެ އެކަޑަމީގައި 10 ދަހަރު ރައީސްކަން ކުރައްވާ ސާބިތުކަން މަތީ ހުންނެވި ބޭފުޅެކެވެ. އެބޭފުޅާގެ މަސައްކަތްތަކަށް ގިނަ ދިވެހިން މިއަދު ފަހުރުވެރިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް