ads
ތަލައިވީގެ ޕޯސްޓަރު ތަކެއް…
ކަންގަނާގެ “ތަލައިވީ” ރިލީޒްކުރާނީ އަންނަ މަހުގެ 10 ގައި!
އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ “ތަލައިވީ” އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށް އިއުލާނު ކޮށްފިއެވެ.

އެ ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު އޭއެލް ވިޖޭ ޑައިރެކްޝަން ހަދާފައިވާ ފިލްމެކެވެ.

“ތަލައިވީ”ގެ ލީޑު ރޯލު ކުޅެފައިވަނީ ބޮލީވުޑްގައި ބޮޑު ކާމިޔާބީ އެއް ހޯދަމުން އަންނަ ބަތަލާ ކަންގަނާ ރަނާވަތު އެވެ.

ކަންގަނާއާއެކު އެ ފިލްމު ޕޫރްނާ އާއި އަރުވިންދު ސްވާމީގެ އިތުރުން ރާޖް އަރުޖުން، މާދޫ އަދި ބަގިޔާޝްރީ ފަދަ ތަރިންނެވެ.

ފިލްމުގެ އާ ޕޯސްޓަރުވެސް މިހާރު ދައްކާލާފައިވާއިރު އެ ފިލްމުގެ ޓްރެއިލާ ވެސް ވަނީ މި އަހަރުގެ ކުރީ ކޮޅު ރިލީޒްކޮށްފައެވެ.

ޖަޔަލަލީތާގެ ރޯލު ކަންގަނާ ކުޅެފައިވާއިރު އޭނާގެ އެކްޓިން ޓްރެއިލާ އިން ވެސް ފެނުމުން ގިނަ ބަޔަކު އަންނަނީ ކަންގަނާ އަށް ތައުރީފް ކުރަމުންނެވެ. ތަލައިވީ ކުޅެން ކަންގަނާ ވަނީ އޭނާގެ ބަރުދަން ވެސް ނުލާހިކު ބޮޑަށް އިތުރުކޮށްފައެވެ.

ކަންގަނާ މިވަގުތު އަންނަނީ “ތޭޖާސް”ގެ މަސައްކަތް ކުރަމުންނެވެ. “ދާޅަކް” އަކީ ވެސް އޭނާގެ ކުރިއަށް އޮތް މަސައްކަތެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް