ads
އެޕަލްގެ ސީއީއޯ ޓިމް ކުކް-
އެޕަލްގެ 10 ވަނަ އެނިވާސަރީއަށް ޓިމް ކުކްއަށް 750 މިލިއަން ޑޮލަރުގެ ބޯނަސްއެއް
އެޕަލްގެ ސީއޯއޯ ކަމުގައި 10 ވަނައަހަރު ހޭދަކުރުމާއި ދިމާކޮށް އެޕަލްއިން ޓިމް ކުކް އަށް 750 މިލިއަން ޑޮލަރުގެ ބޯނަސްއެެއް ދީފިއެވެ.

އެޕަލްއިން މި ބޯނަސްދީފައިވަނީ 750 މިލިއަން ޑޮލަރުގެ ހިއްސާއިންނެވެ. ދިން ހިއްސާގެ އަގު މިވަގުތު މާކެޓްގައި އުޅެނީ 750 މިލިއަން ޑޮލަރުގައެވެ.

ބުރާސްފަތި ދުވަހު އާމުވި ފައިލިންގް ޓްރާންސެކްޝަންސް އިން ދައްކާގޮތުގައި އެޕަލް އިން ލިބުނު ހިއްސާގެ ތެރެއިން ފަސް މިލިއަން ހިއްސާ ކުކް ވަނީ ވިއްކާލާފައެވެ. 

ދުނިޔޭގެ އެންމެ އަގުހުރި ކުންފުނީގެ އިސްވެރިޔާ ކުކް ވަނީ އެ ކުންފުނި އެހެން ހަރުފަތަކަށް ގެންގޮސްފައެވެ. 

އެޕަލް ކުންފުނީގެ އަގު މިހާރު އުޅެނީ 2.4 ޓްރިލިއަން ޑޮލަރުގައެވެ. 

ކުކްއަށް މިވަރުގެ ބޯނަސްއެއް ލިބުނު ކަން ފެންމަތިވެފައި މިވަނީ އިންސާނިއްޔަތައް އެޕަލްގެ 70،000 ހިއްސާ (10 މިލިއަން ޑޮލަރުފެ އަގުހުރި) ހަދިޔާކުރިތާ މާގިނަ ދުވަހެއް ނުވަނީސްއެވެ.

މިދިޔަ އަހަރު ބިލިއަނަރުންގެ ލިސްޓަށް ވެސް ކުކް އަރާފައިވާއިރު، އޭނާ މާލިއްޔަތުގައި 1.5 ބިލިއަން ޑޮލަރު ހުރިކަމަށް ބްލޫމްބާގް ބިލިއަނާސް ލިސްޓުން ދައްކައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް