ޕްރިންޔަންކާ އަކީ މިހާރު ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް ރަނގަޅަށް ފައިތިލަހަރުކޮށްފައިވާ ތަރިއެކެވެ. އެގޮތުން މިހާރު ހޮލީވުޑްގައި ވެސް ފިޔަ ޖަހަމުން އަންނަ ޕްރިޔަންކާ އާއި ކުރެވުނު ސުވާލުތަކުގެ ތެރޭގައި'އައިސް ކޮފީ ނޫނީ ހޫނު ކޮފީ ހިމެނެއެވެ. ޕްރިޔަންކާ ނެގީ އައިސް ކޮފީ އެވެ. އަދި ފިނިފެނުން އިސްތަށިގަނޑު ދޮވުމުގެ ބަދަލުގައި ޕްރިންޔަކާ އަށް ކަމުދަނީ ހޫނު ފެނުން އިސްތަށިގަނޑު ދޮވުން ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އެންމެ ފަހު ސުވާލަކަށް އައީ ޕްރިޔަންކާ މުޅި ކެރިއަރުގެ ބޮޑުބައެއް ހޭދަކުރި ބޮލީވުޑާއި މިހާރު ޕްރިޔަންކާ މަސައްކަތް ކުރަމުން އަންނަ ހޮލީވުޑްގެ ތެރެއިން ކޮންމެވެސް އެއް އިންޑަސްޓްރީއެއް ނެގުމަށެވެ. އެހާ ހިސާބުން ޕްރިޔަންކާ ވަނީ އެހާ ހިސާބުން ދޫކޮށްލީ ކަމަށް ބުނެ ނިންމާލައިފައެވެ. އެ ސުވާލަށް ޕްރިޔަންކާ ޖަވާބު ނުދީ ނިންމާލީ އެއް ލޯ މަރާލައިގެން ހުންނަ އިމޯޖީއަކާއެކު އެވެ.
ޕްރިޔަންކާ މިހާރު އުޅެނީ ފިލްމު ސިޓެޑަލްގެ މަސައްކަތުގައެވެ. އެ ފިލްމުގެ ސެޓުން ޕްރިޔަންކާ އަންނަނީ ފޮޓޯތައް ހިއްސާކުރަމުންނެވެ.