ads
ސްކޫލު ދަރިވަރަކު ޓްބްލެޓެއް ބޭނުން ކުރަނީ ފޮޓޯ:-- ޔުނިސެފް
ދަރިވަރުން ހަރުކަށި ފިކުރުން ސަލާމަތްކުރަން ބިދޭސީ އިސްލާމް ޓީޗަރުން ގެންނަނީ
ދަރިވަރުންގެ މެދުގައި ހަރުކަށި ދީނީ ގޮތުން ހަރުކަށި ފިކުރު ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިލްސާމް މާއްދާ ކިޔަވައިދޭން ބޭރު ގެ ޓީޗަރުން ގެނައުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް އެމްޑީޕީގެ "މޭ ހައެއް" ކޮމިޓީން ހާމަކޮށްފި އެވެ.
Advertisement

އެމްޑީޕީގެ ގަައުމީ މަޖިލީހުގައި އެ ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ވިދާޅުވީ ކޮމިޓީން ދާދިފަހުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި މި ބައްދަލުވުމުގައި ދަރިވަރުން ހަރުކަށި ފިކުރައް ލޯބިޖެއްސުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވާނެ ގޮތްތަކާއިމެދު ދެ ފަރާތުން މަޝްއަރާކޮށްފައިވާކަމަށެވެ. 

"މިނިސްޓްރީ އެބަ ވިސްނަވާ ކޮންމެވެސް ވަރަކަށް އިސްލާމް ޓީޗަރުން ބޭރުން ގެނެސްގެން ކުދިންނަށް އުނގަންނައި ދިނުމަށް" އަފީފް ވިދާޅުވިއެވެ. 

އެޑިއުކޭޝަން މިނިސްޓްރީން މިހާރުވެސް ޕްރިވެންޝަން ޕްރޮގްރާމްތަކާއި ކްރިޓިކަލް ތިންކިން އަދި އެކަކު އަނެކަކަށް އިހުތިރާމް ކުރަން ދަސްކޮށް ދިނުމަށް ހާއްސަ ސަމާލުކަމެއް ދެއްވަވާ ކަމަށް އަފީފް ވިދާޅުވި އެވެ. އަދި ހަމައެހެންމެ މިހާރު ހަރުކަށި ފިކުރައް ލެނބެމުންދާ ދަރިވަރުންތިބި ސްކޫލުތައް ވެސް މިނިސްޓްރީން ފާހަނގަކޮށްފައިވާ ކަމަށް އަފީފު ވިދާޅުވިއެވެ. 

އަފީފް ވިދާޅުވީ ކަރިކިއުލަމްއަށް ގެންނަ ބަދަލާއެކު މިހާރު ބޭނުން ކުރަމުންދާ ފޮތްތަކުގައި ހުރި ނަފްރަތު އުފައްދާ ފަދަ ލިޔުންތައް ބަދަލުުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ކަމަށެވެ. 

ދިވެހި ރާއްޖޭގައި ގުރުއާން ކިޔަވައިދުމަށް މިއަހަރު ކުރީކޮޅު އިންޑިއާގެ ކެރެލާއިން ޓީޗަރުންތަކެއް ގެނެސްފައިވެއެވެ. އެފަހަރު ބެލެނިވަރިންގެ ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން އެޑިކޭޝަން މިނިސްޓްރީން ބުނީ ބިދޭސީ ޓީޗަރުން ގެނަނީ ބޭނުންވާ ވަރަށް ދިވެހި ޓީޗަރުން ނުލިބުމުން ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް