ads
ހޫތީން ދިން ހަމަލާގެ ސަބަބުން ސައުދީ ކޯލިޝަންގެ ބޭސްއަށް ލިބުނު ގެއްލުންތައް- ފޮޓޯ: ސައުތު 24
ހޫތީން ސައުދީ ކޯލިޝަންގެ ބޭސްއަކަށް ދިން ހަމަލާއެއްގައި 30 ސިފައިން މަރުވެއްޖެ
ސައުދީ ކޯލިޝަންގެ އަސްކަރީ ބޭސްއަކަށް އަމާޒުކޮށް ހޫތީން ދިން ހަމަލާއެއްގައި 30 ސިފައިން މަރުވެއްޖެ އެވެ.

ޔަމަންގެ ސަރުކާރުން ކޮންޓްރޯލް ކުރާ ދެކުނު ޕްރޮވިންސްގެ ލަހިޖުގައި އޮންނަ ސައުދީ ކޯލިޝަންގެ އަލް-އަނަދު މިލިޓަރީ ބޭސްއަށް ދިން ހަމަލާގައި މިހާތަނަށް 30 ސިފައިން މަރުވެފައިވާއިރު އިތުރު 60 ސިފައިންގެ މީހަކު މިހަމަލާގައި ޒަހަމްވެފައިވެއެވެ.

ޔަމަންގެ ސަދާން ފޯސެސްގެ ތަރުޖަމާނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ހަމަލާތައް ދީފައިވަނީ ހަތިޔާރު އެޅި ޑްރޯނުންނާއި ބެލިސްޓިކް މިސައިލް ބޭނުންކޮށްގެންނެވެ.

ބެލިސްޓިކް މިސައިލް ޖެއްސި ދިމާލަކީ ބޭސްގެ ޓްރެއިނިން އޭރިއާއެވެ. މިސައިލް ލޭންޑް ކުރި ވަގުތު ސިފައިންގެ އެތައް ބަޔަކު ހެދުނުގެ ކަސްރަތައް އެތަނަށް ނިކުމެ ތިބި ކަމަށް އޮފިޝަލު ބުނެއެވެ. 

ހަނގުރާމަވެރިންގެ ފަރާތުން އަދި މިހަމާލާއާ ގުޅިގެން ބަހެއް ބުނެފައެއް ނުވެއެވެ.

އީރާނުން ތާއީދުކުރާ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އެގައުމުގެ ވެރިރަށް ސަނާ ހިފުމުން 2014 ވަނަ އަހަރުން ފެށިގެން ސައުދީ ކޯލިޝަނުން އަންނަނީ އެ ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. ނަމަވެސް މި ހަނގުރާމަ އަދި މިހާތަނަށް ކޮޅެއްގައި ޖެހިފައެއް ނުވެއެވެ. 

މި ހަނގުރާމައިގެ ސަަބަބުން ޔަމަނުގެ އެތައް މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް