ads
ބޮޑުވަޒީރު ޖަސިންޑާ އެޑާން- ފޮޓޯ: ޑެއިލީ އެޑްވެންޓް
ނިއުޒިލޭންޑްގައި ހަ މީހަކަށް ވަޅިން ދިން ހަމަލައަކީ ޓެރަރިސްޓް ހަމަލާއެއް: ބޮޑު ވަޒީރު
ނިއުޒިލޭންޑްގެ ވެރިރަށް އައުކްލޭންޑްގެ ސުޕަމާކެޓެއްގައި ހަ މީހަކަށް ދިން ހަމަލާއަކީ "ޓެރަރިސްޓް" ހަމަލާއެއް ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އެޑާން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު އޯކްލޭންޑްގެ ސުޕާމާކެޓެއްގައި ހަ މީހަކަށް ވަޅިން ހަމަލާ ދިން މީހާ، މާ ގިނަ އިރުތަކެއް ނުވަނީސް އެގައުމުގެ ފުލުހުން ވަނީ ބަޑިޖަހައި މަރާލާފައެވެ. ވަޅި ޖެހި ވަގުތު ފުލުހުން އައީ އެމީހާއަށް ޖާސޫސް ކުރަމުން ކަމަށް ބޮޑުވަޒީރު ޖަސިންޑާ އެޑާން ވިދާޅުވެއެވެ. 

"މިއަދު މި ހިނގައިދިޔަ ކަންތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން. އެއީ ނަފްރަތުގެ އަމަލެއް. އެއީ ނުބައި އަމަލެއް." ބޮޑުވަޒީރު ޖަސިންޑާ އެޑާން ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ހަމަލާ ދިން މީހާ އަކީ 2011 ވަނަ އަހަރު އެގައުމަށް އައި ސްރިލަންކާ ރައްޔިތެއް ކަމަށެވެ.

އެމީހާ ހަމަލާ ދޭން ފެށިތާ 60 ސިކުންތުތެރޭ މަރާލައިފައިވާ ކަމަށާއި އެއީ އިސްލާމިކް ސްޓޭޓް ހަނގުރާމަވެރިންނާ ގުޅުން އޮންނަ މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ. 

"އެއީ ނަފްރަތު، އެއީ ނުބައި އަމަލެއް. އެއީ އެންމެ މީހަކު ކުރިކަމެއް. އެއީ ފިކުރެއް ނޫން." އެޑާން ވިދާޅުވި އެވެ. "އެކަމުގެ ޒިންމާނަގަން ޖެހޭނީ އޭނާ އެކަނި."

ހަމަލާގައި ޒަހަމްވި ހަ މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކުރެއެވެ. 

ނިއުޒިލޭންޑްގެ ކްރިސްޗާޗުގައި ހުންނަ ދެ މިސްކިތަކަށް ދޮން މީހުންނަކީ ހާއްސަ ބަޔަކު ކަމުގައި ދެކޭ ހަރުކަށި ފިކުރުގެ މީހަކު 2019 ވަނަ އަހަރުގެ މާޗު މަހުުގެ 15 ވަނަ ދުވަހު ދިން ހަމަލާއެއްގައި 51 މީހަކު މަރާލައިފައިވެއެވެ. އެ ހަމަލާއަށް ފަހު އެގައުމު ވަނީ އެލާޓަށް ގެނެވިފައެވެ. 

މޭ މަހުގައި ނިއުޒިލޭންޑްގެ އުތުރު ރަށެއް ކަމަށްވާ ޑިއުންޑިންގެ ސުޕާމާކެޓެއްގައި ހަތަރު މީހަކަށް ވަޅިން ހަމަލާ ދީފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް