ads
ވަކީލުން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޤާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދު އާންމު ކޮށްފި
ޤާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދަށް އާންމު ކޮށްފިއެވެ. މިގަވާއިދު ގެޒެޓުގައި ޝާއިއު ކުރި ނަމަވެސް މި ގަވާއިދަށް އަމަލު ކުރަން ފަށާނީ ގެޒެޓުގައި ޝާއިއު ކުރާތާރީހުން ފެށިގެން ތިންމަސް ދުވަސް ފަހުން ކަމަށް އެ ގަވާއިދުގައި ވެއެވެ.

ގާނޫނީ ފަންނުގެ ސުލޫކީ ހަމަތައް ބިނާވެގެންވަނީ ހަތް  އަސާސީ ހަމަތަކުގެ މައްޗަށް ކަމަށް އެގަވާއިދުގައި ކަނޑައަލާފައި ވެއެވެ. 

އޭގެ ތެރޭގައި މިނިވަންކަމާއެކު މަސައްކަތްކުރުމާއި، ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއި ހަމަހަމަކަމުގެ އުސޫލުތައް އިސްކުރުމާއި، މަޞްލަޙަތު ފުށުއަރާ ކަންކަމުން ތަނާޒުލުވުމާއި، ސިއްރު ހިފެހެއްޓުމާއި، މުވައްކިލަށް އިޚްލާޞްތެރިވުމާއި، މުވައްކިލުގެ މަޞްލަޙަތުގައި މަސައްކަތްކުރުމާއި ޤާނޫނީ ވަކީލުންގެ ފަންނުގެ ހަމަތައް ނެގެހެއްޓުމާއި، މަސައްކަތުގެ އަގު ކަނޑައެޅުމުގައި އިންސާފުވެރިވުން ހިމެނެއެވެ.

މިގަވާއިދުގެ މަގްސަދަކީ ޢަދުލު އިންސާފު ޤާއިމުކޮށްދިނުމުގައްޔާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ގާނޫނީ ވަކީލުންނަކީ، މިނިވަންކަމާއި ޒިންމާދާރުކަމާއެކު މަސައްކަތްކުރާ ބައެއް ކަމުގައި ހެދުމަށް ބާރުއެޅުމާއި،  ގާނޫނީ ވަކީލުންނަށާއި ގާނޫނީ ވަކީލުންގެ ފަންނަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުމާއި، ގާނޫނީ ފަންނުގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި،  ގާނޫނީ ވަކީލުން ދޭ ހިދުމަތަކީ އިންސާފުވެރިކަމާއި ހަމަހަމަކަމުގެ މައްޗަށް ބިނާވެގެންވާ ހިދުމަތެއް ކަމުގައި ކަށަވަރުކޮށް، ހިދުމަތް ހޯދާ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކޮށްދީ، ހައްގުތައް ރައްކައުތެރިކޮށްދިނުމަށް ބާރުއެޅުންކަމަށްވެސް އެގަވާއިދުގައި ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް