ads
އާސެން ވެންގާ ޓްރޮފީތަކާއި އެކު
އާސެނަލް އޮތީ ރަނގަޅު ބައްޓަމަށް: އާސެން ވެންގާ
އާސެންލަ އޮތީ ރަނގަޅު ބައްޓަމަކަށް ކަމަށް އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.
Advertisement

"އާސެނަލްގަ އަހަރެން އެންމެ ބެސްޓް ދިނިން ، މިހާރު ވެސް އަހަންނަކީ އާސެނަލްގެ ފޭން އެއް" އާސެން ވެންގާ ބުންޏެވެ.

އާސެނަލް ގެ ކުރީގެ ކޯޗު އާސެން ވެންގާ އާސެނަލް ޑެއިލީ އަށް، ބުނެފައި ވަނީ އޭނާ އަށް މިހާރު 71 އަހަރު ވެފައި ވާ ކަމަށާއި އޭނާ ވާނީ އޭނާގެ ކޯޗުކަމުގައި ހުރި އަހަރުތަކުގައި އޭނާގެ އެއްބާރުލުންދީ ރެކޯޑް އަދަދަކަށް އާސެނަލްއަށް ކާމިޔާބީތަށް ހާސިލް ކޮށް ދީފައި ކަމަށެވެ. އަދި މިހާރުވެސް އޭނާ އަކީ އާސެނަލް ގެ ފޭން އެއް ކަމަށް އޭނާބުނެފައި ވެއެވެ.

your imageއާސެން ވެންގާ

މިހާރު އޮތް ޓީމަކީ ރަނގަޅު ބައްޓަމަކަށް އޮތް ޓީމެއް ކަމަށާއި، ފަހުން ކުޅުނު ދެމެޗަށް ބަލައި، ބުނާނަމަ ބުނެވޭނީ މިހާރު އޮތް ޓީމުގައި އެނބުރި ލީގުގެ ޓޮޕަށް އާދެވޭނެ ފެންވާރާއި ގާބިލުކަން އެބަހުރި ކަމުގައި އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް ކުރީގައި އެކުލަބުގައި ތިބި ގިނަ ކުޅުންތެރިން ތަކެއްވަނީ މި ސީޒަނުގައި އާސެނަލް އާ ވަކިވެފައެވެ. އޭގެތެރެއިން ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހެކްޓަ ބެލަރިން ވަނީ ސްޕެނިޝް ލީގުގެ ރިއަލް ބައިޓްސް އަށް ބަދަލުވެފައެވެ. މީގެ އިތުރުން މިދިޔަ ސީޒަނުގައި ޗެލްސީއިން އާސެނަލް އަށް ގެނައި ބްރެޒިލްގެ ވިންގަ ވިލިއަން ވަނީ ފްރީ ޓްރާންސްފަރެއްގައި ބްރެޒިލް ގެ ކުލަބެއްކަމަށްވާ "ކޮރިންތަންސް ޕަލިސްޓަރ" އަށް ބަދަލުވެފައެވެ.

އާސެނަލް އިން ވަނީ ނިމިދިޔަ ޓްރާންސްފާ ގައި މުޅިން އަލަށް ޖުމްލަ ހަ ކުޅުންތެރިން 150 މިލިއަން ޕައުންޑަށް  ގެނެސް ފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް