ads
ބަސް ސްޓޮޕްގައި ހުރި ޓީވީ ނަައްޓާލައިގެން ދަނީ. މިމިހާ ހޯދައިދޭން ފުލުހުން އެދޭ
ބަސް ސްޓޮޕްގައި ހުރި ޓީވީ ގެންދިޔައީ އެންމެން ކުރިމަތީ، އެ މީހާ ހޯދަން ފުލުހުން އެދިއްޖެ
ބޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބަސް ސްޓޮޕްގައި ހުރި ޓީވީ ނައްޓާލައިގެން ގެންދިޔަ ވަގަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
Advertisement

ފުލުހުން ވަނީ މި މީހާ ބަސް ސްޓޮޕްގައި ހަރުކޮށްފައި ހުރި ޓީވީ ނައްޓާލައިގެން ދާ ތަން ފެންނަ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. 

އެ ވީޑިއޯއިން ފެންނަ ގޮތުން މި މިހާ އެތަނަށް ވަދެ ޓީވީ ނައްޓާލައިގެން ދަނީ އެތަނުގައި ބަހަށް މަޑުކޮށްގެން ތިބި އތައް ބަޔަކު ތިއްބަ އެވެ. 

ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހާއަކީ ހޭންވޭރު ޕޮލިހުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއްކަމަށެވެ. އެހެންކަމުން މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅާ ހިއްސާކުރުމަސް ފުލުހުން އެދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;