ads
ކުޑަ ކުއްޖާއަށް ބުލީ ކުރާ ވީޑިއޯގެ ތަންކޮޅެއް
ކުޑަކުއްޖަކަށް ބުލީ ކުރާ ވީޑިއޯތަކެއް އާންމުވެ ފުލުހުން މައްސަލަ ބަލަނީ
ފިރިހެން ކުއްޖަކަށް ބުލީ ކުރާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމުން ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
Advertisement

އާއްމުވެފައިވަނީ އުތުރުގެ ރަށެއްގައި ކުއްޖަކަށް ބލީ ކުރާ ވީޑިއޯ ތަކަކެވެ. 

އެ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ކުއްޖާއަށް ބުލީ ކުރަނީ ތިން ފިރިހން ކުދިން ވެގެންނެވެ. އެގޮތުން އެކުއްޖާގެ މޫނުމަތީ ޖަހާ ކޮއްޕާ ވައްޓާލާ  ހުތުރު ބަހުން އެއްޗެހި ކިޔާ ތަން ފެނެ އެވެ. އަދި އެ ތިން ފިރިހެންކލުދިންގެ ފައިގައި ބޮސްދީ މައާފަށް އެދެން ބުނާ އަޑުވެސް އެ ވީޑިއޯއިން ފެނެ އެވެ. އަދި އޭރުވެސް އެ ކުއްޖާ ރޮމުން އަންނަ އަޑު ވީޑިއޯއިން އިވެ އެވެ. 

ފުލުހުން ބުނީ ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލައެއް އިއްޔެ ހުށައަޅާފައިވާކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުނެ އެވެ. އެ ހާދިސާއާ ގުޅޭ ވީޑިއޯ އަދި ކުއްޖާ ހާމަވެދާނެ  ފަދަ އެއްވެސް މައުލޫމާތެއް، އާންމު ނުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;