ads
އުކުޅަހު ކައުންސިލާ ރައީސް ބޭއްވި ބައްދަލުކުރެއްވުން…ފޮޓޯ/ރައީސް އޮފީސް
އުކުޅަހަށް ބޭނުންވާ ކަންކަން ރައީސް ސޯލިހަށް ދަންނަވައިފި
އއ.އުކުޅަހު ރައްޔިތުން ރަށަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާއި ދިމާވެފައިވާ ގޮން ޖެހުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.
Advertisement

އެމަނިކުފާނު މިއަދު ވަނީ އުކުޅަހު ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ކައުންސިލުން އުކުޅަހުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

އެގޮތުން ރައްޔިތުންނަށް އެންމެ ބޭނުންވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި ރަށުގެ މަގުތައް ހަލާކުވެފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮޖެހުންތަކާއި، ފެރީ ޓަރމިނަލް ރަނގަޅު ފެންވަރެއްގައި ނެތުމުން ދިމާވާ ދަތިތަކާއި ކުރީގެ ބަނދަރުގެ ޖެޓީ ހަލާކުވެފައި އޮތުމުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ވަނީ ރައީސުލްޖުމްހުރިއްޔާއާއި ޙިއްޞާކުރައްވާފައެވެ. 

މި ބައްދަލުކުރެއްވުމުގައި ރަށުގައި ޒުވާނުންނަށް ޚާއްޞަ ޔޫތު ސެންޓަރެއް ނުވަތަ އެފަދަ ޚިދުމަތް ދެވޭނެ ގޮތެއް ހަދައިދެއްވަން ވެސް ކައުންސިލުން ވަނީ ރައީސްގެ އަރިހުން އެދިލައްވާފައެވެ. ހަމައެއާއެކު ޒުވާނުން އެކި ދާއިރާތަކުން ތަމްރީނުކުރުމަށް ޓިވެޓް ސެންޓަރެއް ޤާއިމުކުރުމަށް ބޭނުންވާކަމަށާއި، ހެލްތް ސެންޓަރުގެ ވަޞީލަތްތައް އިތުރުކޮށް އެ ސެންޓަރުން ދެވޭނެ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ކަމުގައިވެސް ކައުންސިލުންވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، އުކުޅަސް ކައުންސިލުން ހުށަހެޅުއްވި ކަންކަންކަމާއި މަސައްކަތްތަކާ ބެހޭ އެންމެފަހުގެ މަޢުލޫމާތު  ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ޚާއްޞަކޮށް ކައުންސިލުން ފާހަގަކުރައްވާފައިވާގޮތަށް ފެރީޓަރމިނަލްގެ މަސައްކަތް ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުމަށް ސަރުކާރުން އެހީތެރިކަން ފޯރޮކޮށްދެވެން އޮތްގޮތެއް ބައްލަވައި އެކަމަށް މަގުފަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރު އައިފަހުން އުކުޅަހުގެ ތަރައްޤީއަށް ގާތްގަނޑަކަށް 25.9 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. އެގޭތެރޭގައި އުކުޅަހުގައި އައުޓުޑޯ ޖިމެއް ޤާއިމުކުރުމާއި، ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް 600 ކިލޯ ވޮޓުގެ ޖަނަރޭޓަރ ސެޓެއް ގެނައުން ހިމެނެއެވެ. އުކުޅަހުގައި މިވަގުތު ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރޭގައި ބަނދަރު ފެރީ ޓަރމިނަލް ތޮށި ހެދުން ހިމެނެއެވެ. އަދި އުކުޅަހުގެ ބިން ހިއްކުމުގެ މަޝްރޫޢު މިހާރު ވަނީ އެމް.ޓީ.ޓީ.ސީ އާއި ހަވާލު ކޮށްފައެވެ. މީގެ އިތުރުން މިއަހަރުގެ ފަހު ކުއާރޓާގައި އުކުޅަހުގައި ޔޫތު ސެންޓަރ ޤާއިމުކުރުމާއި، ހެލްތް ސެންޓަރު އިތުރަށް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް