ads
ލެކިއުޓުން
ލެކިއުޓުން އަލަށް ވިއްކާ ސެންޓު ގަނެގެން ހަދިޔާއެއް ބޭނުންތަ؟
ދިވެހިންގެ ތެރޭގައި މަގްބޫލް އޮރިޖިނަލް ސެންޓު ވިއްކާ ލެކިއުޓް ފިހާރައިން “ސޯ ވަޓްސް ނިއު”ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ޕްރޮމޯޝަން މި ހިނގާ ސެޕްޓެމްބަރު މަހު ކުރިއަށް ގެންދާއިރު އަލަށް ބާޒާރަށް ނެރުނު ސެންޓު ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް އަގުހުރި ހަދިޔާވެސް ލިބިގެންދާނެއެވެ

މިޕްރޮމޯޝަންގައި ދުނިޔޭގެ ބާޒާރަށް އަލަށް ނެރުނު ސެންޓާއި، ކަސްޓަމަރުންގެ  މަގްބޫލުކަން ލިބިފައިވާ މަޝްހޫރު ބްރޭންޑް ތަކުގެ ސެންޓުގެ އާ ވަރޝަން ލިބެން ހުންނާނެ އެވެ. އަދި މި ޕްރޮމޯޝަންގައި ސެންޓުގެފުޅީގެ އިތުރުން ހަދިޔާއެއްގެ ގޮތުގައި ކަސްޓަމަރުން އާއްމުކޮށް ގަންނަ ޕާފިއުމް ގިފްޓް ސެޓްތަކުގެ ގިނަ ވައްތަރުތަކެއްވެސް ވަނީ ލެކިއުޓުން ރާއްޖޭގެ ބާޒާރަށް ނެރެފައެވެ.

ލެކިއުޓުން ވިއްކާ ސެންޓުތަކަކީ އޮރިޖިނަލް އަދި ގިނަ ބަޔަކު އިތުބާރު ލިބިފައިވާ ބްރޭންޑްތަކެއްކަން ފާހަގަކޮށް ލެކިއުޓުން ވަނީ "ސޯ ވަޓްސް ނިއު” ޕްރޮމޯޝަންގައި ފިހާރަ އަދި ވެބްސައިޓް މެދުވެރި ކޮށްވެސް ކަސްޓަމަރުންނަށް ބައިވެރިވެވޭނެކަމަށް ބުނެފައެވެ.

ޕްރޮޑަކްޓްތައް ބައްލަވައިގަތުމަށް ހޮޓްލައިން ނަމްބަރު 7696699 ގުޅުއްވައިގެންނާއި ވެބްސައިޓް www.lecute.com އަދި ފޭސްބުކް އަދި އިންސްޓާގްރާމް ޕޭޖު މެދުވެރިކޮށްވެސް ބައްލަވައިގެނެވޭނެއެވެ.

ލެކިއުޓުން ބުނީ ވިޔަފާރި ކުރާ ފަރާތްތަކަށް ގްރޭޓާ މާލެ ތެރެއަށް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށާއި ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ޑެލިވަރީ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

ލެކިއުޓުގެ އަބަދުވެސް އަމާޒަކީ އެންމެފަހުގެ އަދި އެންމެ މަގުބޫލު ސެންޓު އޮރިޖިނަލް ކުންފުނި މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް