ads
އިޒްރޭލުގެ އަސްކަރިއްޔާގެ މިލިޓަރީ ޗީފް އޮފް ސްޓާފް އަވިވް ކޮހާވީ-- ފޮޓޯ: ރޮއިޓާސް
އީރާނަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފި
ހަލުވި ކަމާއެކު ނިއުކްލިއާ ހަކަތަ މުއްސަނދި ކުރަމުން އަންނަ އީރާނަށް ވަރުގަދަ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އިޒްރޭލުގެ އަސްކަރިއްޔާގެ މިލިޓަރީ ޗީފް އޮފް ސްޓާފް އަވިވް ކޮހާވީ ދީފި އެވެ.
Advertisement

އިޒްރޭލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މިފަދަ އިންޒާރެއް ދީފައި މިވަނީ އެގައުމުގެ އެހެން ބައެއް އިސް އޮފިޝަލުންވެސް މިފަދަ އިންޒާރުތައް ދެމުން އަންނަ ދަނޑިވަޅެއްގައެވެ. 

އީރާންގެ ނިއުކްލިއާ އެއްބަސްވުމުުން އެމެރިކާއިން ނިކުތް ހިސާބުން އީރާނުން ވަނީ އެ އެއްބަސްވުމުގައި ވާ ކަންކަމަށް އަމަލުކުރުން ހުއްޓާލާފައެވެ. 

އެކަންކަމަށް ރިއާޔަތް ކޮށް ކޮހާވީ ބުނީ އިޒްރޭލުގެ އަސްކަރިއްޔާގެ ބަޖެޓު ބޮޑުތަނުން އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. އަދި އިންޓެލިޖެންސް އާ ހަތިޔާރުގެ ދާއިރާއިން އިތުރު ކުރިއެރުންތައް ހޯދަން ޖެހޭ ކަން އޭނާ ފާހަގަކޮށްފައި ވެއެވެ. 

އަދި އީރާނާ ގުޅުން އޮންނަ ގައުމުތަކުގެ ހަރަކާތްތައް މިހާރު ގާތުން ބަލަމުން އަންނަ ކަމަށާއި ވަކިން ހާއްސަކޮށް ސީރިއާގައި ހަރަކާތްތެރިވާ އީރާނުން ވާގިވެރިވާ ޖަމާއަތްތަކަށް ވަރަށް ގާތުން ބަލަމުން އަންނަ ކަަމަށް އޭނާ ބުނެއެވެ.

އަދި އީރާނުގެ ހަރަކާތްތައް މެދުއިރުމަތީގައި ހުއްޓުވަމަކީ އެންމެ ބޮޑު އެއް އަމާޒުކަމަށް ކޮހާވީ ބުނެއެވެ. 

އީރާނަށް ހަމަލާ ދޭން ޖެހޭ ހަމަލާ ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކޮހާވީ ބުނެފައި ވެއެވެ. 

އިޒްރޭލުން އީރާނަށް ވަރުގަދަ އިންޒާރު ދެމުން އަންނަ އިރު،  2015 ވަނަ އަހަރު އެމެރިކާ، ޖަރުމަނު، ފްރާންސް، އިނގިރޭސި ވިލާތް އަދި ޗައިނާ އާއި ރަޝިޔާ އާ ގުޅިގެން އީރާނާއެކު ވެވުނު އެއްބަސްވުމަށް އީރާނުން އަމަލު ކުރުމަށް އެގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް އީރާނުން އަންނަނީ ދަތިކުރުމުގެ ފިޔަވަޅުތައް ނުނަގަނީސް ނިއުކްލިއާ ހަކަތަ މުއްސަނދިކުރުން ހުއްޓާނުލާނެ ކަމަށް ބުނަމުންނެވެ.

އޭގެ އިތުރުން އީރާނުން އަންނަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ވެސް ބުނަމުންނެވެ.  

47%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް