އެޗްއާރްސީއެމުން މި މައްސަލަ ބަލާކަންހާމަކުރުމުގެ އިތުރުން މައްސަލައިގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
ފިޔަވަތީގައި ތިބި ކުދިންތަކަކަށް އަނިޔާކުރާ އަޑުއިވޭ ކަމަށްބުނެ ބަޔަކު ރޭ ފިޔަވަތި ދޮށަށް ވަނީ އެއްވަފައެވެ. އެ ސަރަހައްދަށް އެއްވި މީހުން ފިޔަވަތީގެ ގޭޓުމަތިން އަރާ ބަލަން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑީއޯއެއް ރޭ ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
ރޭ ފިޔަވަތި ސަރަހައްދުގައި މިފަދަ ހާދިސާއެއް ހިންގާފައިވާކަން ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް ކުދިންތަކަކަށް އަނިޔާކޮށްފައިވާކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.