ads
ފިޔަވަތީގައި ތިބި ކުދިންތަކެއް ފާރުމައްޗަށް އަރާފައި ---
ފިޔަވަތީގައި ކުދިންނަށް އަނިޔާކުރި ވާހަކަ ޖެންޑާއިން ދޮގުކޮށްފި
ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފިޔަވަތީގައި ތިބި ކުޑަކުދިންނަށް އެތަނުގެ މުވައްޒިފުން އަނިޔާކުރި ކަމެއް ބުނެ ފެންމަތިވެފައިވާ ވާހަކަތައް ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ދޮގުކޮށްފި އެވެ.

ރޭ ފިޔަވަތީގައި ހިންގި ހާދިސާއާ ގުޅިގެން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިޔަވަތީގައި އެއްވެސް ކުއްޖަކަށް އަނިޔާކޮށްފައިނުވާ ކަމަށާއި ފެތުރެމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"މި ހިނގާދިޔަ ހާދިސާގެ މައުލޫމާތު ލިބުމާ އެކު މި ސާވިސް އިން ވަނީ ވަގުތުން އެޓެންޑް ކުރަން ފަށާފައި." ޖެންޑާ މިނިސްޓްރީގައި ބަޔާނުގައި ބުނެފައިވެއެވެ. 

ފިޔަވަތީގައި ކުދިންތަކަކަށް އަނިޔާކުރާ އަޑުއިވޭ ކަމަށް ބުނެ ރޭ ފިޔަވަތި ހުންނަ ސަރަހައްދަށް ބަޔަކު ވަނީ އެއްވެފައެވެ. އެ ސަރަހައްދަށް އެއްވި މީހުން ފިޔަވަތީގެ ގޭޓުމަތިން އަރާ، ހިންގަމުންދާ ކަމެއް ބަލަން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ރޭ ސޯޝަލް މީޑިއާގައި އާއްމުވެފައިވެއެވެ. 

މިކަމާއި ގުޅިގެން ރޭ ފުލުހުން ބުނެފައިވަނީ ފިޔަވަތި ސަރަހައްދަށް ބަޔަކު އެއްވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް ފިޔަވަތީގެ އެއްވެސް ކުއްޖަކަށް އަނިޔާކޮށްގެން ރިޕޯޓްކޮށްފައިނުވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް